ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެސިޓީގެ މަގުތަކުގެ ޙާލަތު ދެނެގަތުމަށް 19 ދާއިރާއަކުން ސާރވޭއެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެސިޓީގެ މަގުތަކުގެ ޙާލަތު ދެނެގަނެ، ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް 19 ދާއިރާއަކަށް ބަހާލައިގެން ސާވޭ އެއް ފަށައިފިއެވެ.

މާލެސަރަހައްދުގެ މަގުތަކަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް މި މަހުގެ 22 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ ސާވޭއެއް ފަށައިފައެވެ. މި ސާވޭގެ މަސައްކަތް ނިމޭއިރު، މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ޑިޖިޓަލްކޮށް ފެންނަށް ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ހަލާކުވެފައި ހުރި މަގުތަކާއި ކާނުތަކާއި ދުވާރުތަކާއި އަދި ޢިމާރާތް ކުރުމުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ތަންތަން ސާވޭ ނިމުމާއެކު ޑިޖިޓަލްކޮށް ފެނިގެންދާއެވެ.

މި މަސައްކަތުގެ ތެރޭގައި މާލޭގެ ސްކޫލްތަކުގެ ކައިރީގައި ހުރި ކާނުތައް ސާފުކުރުމާއި ހަލާކުވެފައި ހުރި މަގުތަކާއި ދުވާރު ތަކާއި ކާނުތައް މަރާމާތު ކުރުން ހިމެނެއެވެ. އެކަމުގެ ސަބަބުން  މަގުތަކުގައި ހިނގައި އުޅޭ މީހުންނާއި ދުއްވާ އުޅަދުތަކަށް ކުރިމަތިވާ މައްސަލަތަކަށް ކޮށްމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސާވޭ ނިމި، ޖިޑިޓަލްކޮށް މާލޭގެ މަގުތަކުގެ ޙާލަތު ބެލޭނެ ނިޒާމު ގާއިމްވުމާއެކު، މަގުތަކުގެ ހާލަތު ފަސޭހަކަމާއެކު ދެނެގަނެވި، ކުރިމަތިވާ މައްސަލަތައް ޙައްލު ކުރުމަށް އަވަސްވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ. މި މަސައްކަތުގައި ސިޓީ ކައުންސިލުގެ ކައުންސިލަރުން ދަނީ އަމަލީ ގޮތުން މުއައްޒަފުންނާއި އެކު ހަރަކާތްތެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: