ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮސްޓްރޭލިއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއިމެދު މަޝްވަރާކޮށްފި

ރައީސް އަދި އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު އިތުރަށް ގުޅުންތައް ބަދަހިކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު ޕެނީ ވޮންގް އާއި މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުވަނީ އދގައި ކުރިއަށް ދާ ބައްދަލުވުމުގެ ހަވާސާގައި އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު ޕެނީ ވޮންގް އާއި ބައްދަލުކުރައްވާފައިކަމަށެވެ. އަދި ދެ ފަރާތުންވެސް ވަނީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ގުޅުންތައް އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިކަމަށެވެ.

އަލިއަޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތީ ކަންކަމުގެ އިތުރުން މޫސުމީ ބަދަލުތަކަށް ހޭނުން ވެސް ހިމެނޭކަމަށް މައުލޫމާތު ދީފައިވާއިރު، ދެ ގައުމުގެވެސް ކަންބޮޑުވުންތައް ހައްލުކުރުމުގެ އިތުރުން ހާރިޖީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުންވެސް ވާހަކަދެއްކެވިކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް ފަހިކޮށްދީފައިވާ ސްކޮލަރޝިޕް ފުރުސަތުތަކަށް ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިމަގުގައި އެފަދަ އިތުރު ފުރުސަތުތަކެއް ފުޅާވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުން ނިންމާލަމުން ރައީސް އަދި ހާރިޖީ ވަޒީރު ޕެނީވެސް ވަނީ ކަންބޮޑުވުންތައް ހައްލުކުރުމުގައި އެކުގައި މަސައްކަތްކުރުމަށާއި، ގުޅުންތައް އިތުރަށް ވަރުގަދަކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: