ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފި

ބީއެމްއެލުން ނީލަމުގައި ވިއްކާލާ މާލޭގެ ދެ ގެ.-- ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން އިއުލާންކޮށްފިއެވެ.

ބީއެމްއެލް އިން އާއްމުކުރި އިއުލާނުގައި ބުނެފައިވަނީ ބޭންކުން ނަގާފައިވާ ދެ ލޯނަކަށް ފައިސާ ނުދައްކައި އޮތުމުގެ ސަބަބުން މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން ނިންމައިފައިވާ ކަމަށެވެ. ނީލަމުގައި ވިއްކާލަން ނިންމާފައިވަނީ ސަންޕްރަންޓް ލައިޓްޝޮޕްގެ ގޯޅިތެރޭގައި ހުންނަ މ. ނާއިންފަރުއާގެ އާއި ބިސްބުރު ކައިރީގައި ހުންނަ މ. ބީޗްކޯނާއެވެ.

އިއުލާނުގައި ވާގޮތުން މ. ނާއިންފަރުއާގޭގައި 792 އަކަފޫޓު ހުންނައިރު އެގެ ނީލަމުގައި ވިއްކާލުމަށް ފެށޭ އަގަކީ 13 މިލިއަން ރުފިޔާއެވެ. އެ ގެ ގަންނަން ނީލަން ހުށައަޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހު 10 އަކަށެވެ.

މ. ބީޗްކޯނާ އަކީ 927.33 އަކަފޫޓުގެ ގެއެކެވެ. އެ ގެ ވިއްކާލަން ނީލަން ފެށޭ އެންމެ ދަށް އަގަކީ 23.8 މިލިއަން ރުފިޔާއެވެ. އެ ގެ ގަތުމަށް އަގު ހުށައެޅުމުގ ެމުއްދަތު ހަމަވާނީ އަންނަ މަހުގެ 15 ވަނަ ދުވަހަށެވެ.

ބީއެމްލުން ބުނެފައިވަނީ އެ ދެ ގެ ވިއްކާލާނީ އެންމެ ބޮޑު އަގެއް ހުށއަޅާ ފަރާތަކަށް ކަމަށާއި އަދި އެންމެ ބޮޑު އަގެއް ހުށައެޅިކަމަށް ބަލާނީ ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލެއް ނައިސް ފަސް ދުވަސް ވަންދެން އޮތުމުން ކަމަށެވެ. މުއްދަތު ހަމަވާ ތާރީހާއާ ހަމައަށް އަގު ހުށަހަޅާ މީހުންގެ ތެރެއިން، އެ ވަގުތު އެތަނަށް ހާޒިރުވެ ތިބި މީހުންގެ ހާޒިރުގައި ނީލަން ހުޅުވައި، އެންމެ މަތީ އަގު އިއުލާން ކުރެވޭނެ ކަމަށް ވެސް ބީއެމްއެލުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
16%ވަރަށް ގަދަ 28%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 25%ވަރަށް ދެރަ 16%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: