ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިން ނޫން ގައުމަކުން ހަމަލާ ދީފިއްޔާ، ނިއުކްލިއަރ ހަތިޔާރުން ޖަވާބު ދޭނަން: ޕުޓިން

ރަޝިއާގެ ރައީސް ޕުޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާއަށް ޔޫކްރެއިން ނޫން ގައުމަކުން ހަމަލާ ދީފި ހާލަތެއްގައި ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމަށް އެ ގައުމުގެ ރައީސް ވްލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގައި ގެންގުޅެމުންދާ ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ، އެ ގައުމަށް ޔޫކްރެއިން ނޫން ގައުމަކުން ހަމަލާ ދީފި ހާލަތެއްގައި ނިއުކްލިއަރ ހަތިޔާރުން އެކަމުގެ ޖަވާބު ދިނުމަކީ އޮތް ފުރުސަތެއްކަމަށެވެ. އޭނާ މި ވާހަކަތައް ދެއްކެވީ ހަނގުރާމައިގައި ކުރިއެރުން ހޯދުމުގެ ގޮތުން ހުޅަނގުގައި އުފައްދާ ލޯންގް ރޭންޖް މިސައިލުތައް ރަޝިއާއާއި ދެކޮޅަށް ބޭނުން ކުރުމަށް ހުއްދަ ދިނުމަށް ޔޫކްރެއިން އިން އެދެމުންދާތާ އެތައް މަހެއް ވެފައިވާއިރުއެވެ.

ރަޝިއާގެ ސެކިއުރިޓީ ކައުންސިލުގައި ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ، ބައިވަރު މިސައިލް ނުވަތަ ޑްރޯންތަކެއް އެ ގައުމާއި ދެކޮޅަށް ބޭނުން ކުރުމަށް ތައްޔާރުވަމުންދާކަމުގެ މައުލޫމާތުތައް އިތުބާރު ހިފޭ މަސްދަރަކުން ލިބިއްޖެ ހާލަތެއްގައި ދިފާއުގައި ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމަށް ވިސްނަވާނެކަމަށެވެ. އަދި އެއްވެސް ނިއުކްލިއަރ ބާރަކުން އެހެން ގައުމަކުން ރަޝިއާއަށް ދޭ ހަމަލާއެއްގައި އެއްބާރުލުން ދީފި ހާލަތެއްގައި އެ ގައުމަކުން ބައިވެރިވިކަމަށް ބަލާނެކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާވަނީ މި ބައްދަލުވުމުގައި އެ ގައުމުގެ ނިއުކްލިއަރ ހަމަލާތަކުން ދިފާއުވުމިުގެ ސިޔާސަތަށް ބަދަލުތައް ގެނެސްފައިވާކަން ހާމަކުރައްވާފައެވެ. އެ ބަދަލުތައް މިހާރު ރަޝިއާއަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ބައްދަލުކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނިއުކްލިއަރ ބާރުގެ ބޭނުން ހިފުމަކީ ގައުމުގެ ސިޔާދަތު ރައްކައުތެރިކުރުމަށްޓަކައި އަޅާ ހަރުކަށި ފިޔަވަޅެއްކަމަށެވެ. ޕުޓިން ވިދާޅުވީ، ޒަމާނާއިއެކު އަސްކަރިއްޔާތަކަށް ބޮޑެތި ބަދަލުތައް އައިސް ސިޔާސީ މަސްރަހަށްވެސް ބަދަލުތައް އަންނަމުންދާ މަންޒަރު ފެނިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން އެކަންކަމަށާއި ކުރިމަތިވެދާނެ އައު ނުރައްކާތަކަށް ރިއާޔަތްކޮށް ތައްޔާރުވެވެން ޖެހޭކަމަށް ސިފަކުރެއްވިއެވެ.

ޕުޓީން ވިދާޅުވީ، އައު ސިޔާސަތުގެ ދަށުން ނިއުކްލިއަރ ބާރަކަށް ނުވާ ގައުމަކުން ދޭ ހަމަލާއެއްގައި ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ގައުމަކުން ބައިވެރިވެއްޖެ ހާލަތެއްގައި އެއީ ގުޅިގެން ރަޝިއާއަށް ދޭ ހަމަލާއެއްގެ ގޮތުގައި ބެލުމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި ބެލަރުސް އާއި ރަޝިއާގެ އިއްތިހާދަށް ހަމަލާ ދީފި ހާލަތެއްގައި ނިއުކްލިއަރ ހަތިޔާރުން އޭގެ ޖަވާބު ދިނުމުގެ ފުރިހަމަ ހައްގުވެސް ލިބިގެންވާކަމަށާއި އައު ލިޔެކިއުމުގައި ހިމަނާފައިވާ ކަންކަމަށް ބެލަރުސްގެ ރައީސް އެލެކްސެންޑާ ލޫކަޝެންކޯވަނީ އެއްބަސްވެވަޑައިގެންފައިކަމަށެވެ. ޕުޓީން ވިދާޅުވީ، މި ލިޔެކިއުމުގައި އާންމު ހަތިޔާރުތައް ގެންގުޅޭ ގައުމެއްގެ ފަރާތުން ރަޝިއާއަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެ ހާޅަތެއްގައިވެސް ނިއުކްލިއަރ ހަތިޔާރުން ޖަވާބު ދިނުމަށް ހިމަނާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: