ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ސަބްސިޑަރީ ކުންފުނި ޓެކްފިން މޯލްޑިވްސްއަށް އެމްއެމްއޭއިން ޕީއެސްޕީ ލައިސަންސް ރަސްމީކޮށް ދޫކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕޭމަންޓް ސާވިސް ޕްރޮވައިޑާ (ޕީއެސްޕީ) ލައިސަންސް ރަސްމީކޮށް ދޫކޮށްފިއެވެ.

ޓެކްފިން މޯލްޑިވްސްއަށް ޕޭމަންޓް ގެ ޚިދުމަތުގެ ލައިސަންސް ލިބިފައިވާ ކުންފުންޏެއްގެ ގޮތުގައި ހިންގުމުގެ ފުރުޞަތު ފަހިވެ، ރާއްޖޭގެ ރައްޔިތުންނަށް އިނޮވޭޓިވް އަދި ރައްކާތެރި ޑިޖިޓަލް ފައިނޭންޝަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ދައުރު ފުޅާކުރުމުގެ ފުރުޞަތު މިވަނީ ފަހިވެފައެވެ.

މި އާ ލައިސަންސާއެކު ގިނަ ބަޔަކު ބޭނުންކުރާ އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާ އާއި ރެމިޓެންސްގެ ހިދުމަތް ތައް ޓެކްފިން މޯލްޑިވްސްގެ ދަށުން މިހާރު މެނޭޖް ކުރެވޭނެ އެވެ. މިއީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެންމެ ޒަމާނީ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީއާ ގުޅިފައިވާ ފިޔަވަޅެކެވެ.

އެމް-ފައިސާ ޕްލެޓްފޯމްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މާލީ މުއާމަލާތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފާ ކުރުމާއި، ރެމިޓެންސްގެ ހިދުމަތް ހޯދުމުގައި ފަސޭހަ އަދި ހަރުދަނާ މަގެއް ވަނީ ފަހިކޮށްދީފަ އެވެ. އެމް ފައިސާ މެދުވެރިކޮށް ބިލްތައް ދައްކާ، ޕެޓްރޯލް ޝެޑްގެ ޕޭމަންޓް ދައްކާ، ގިނަ ފިހާރަ އަދި ކެފޭތަކެގައި ވެސް ފައިސާގެ މުއާމަލާތް ކުރެވޭނެއެވެ.

މީގެ އިތުރުން ބަނޑޭރިޕޭގެ ތެރޭގައިވެސް އެމް-ފައިސާވަނީ ހިމެނިފައެވެ. މި ޚިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށަށް ބަދަލުކޮށް، އުރީދޫއިން ދަނީ ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދީ، ހަރުދަނާ ޑިޖިޓަލް ފައިނޭންޝަލް އިކޯސިސްޓަމެއް ޤާއިމުކުރުމުގެ ވައުދު އިތުރަށް ހަރުދަނާ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: