ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސް އެކްސްޕޯޓްކުރި މިންވަރު 46.6 އިންސައްތަ ދަށަށް

މަސްވެރިކަމުގެ ދާއިރާ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިއަހަރާއި އަޅައި ބަލާއިރު، މިއަހަރުގެ މިހާތަނަށް މަސް އެކްސްޕޯޓްކުރި މިންވަރު 46.6 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

ފާއިތުވި 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު 50 ހާސް އަށް އަރައިފައިވާއިރު، މި އަހަރުގެ ޖެނުއަރީ އިން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވާ މަހުގެ އަދަދު އަރާފައިވަނީ ގާތް ގަނޑަކަށް 30،0000 އަށެވެ.

މިއީ ފާއިތުވި 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި މަހާ އަޅާބަލާއިރު 46.6 ޕަސެންޓް މަދު އަދަދެކެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖެނުއަރީ އިން އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 30،241.3 މެޓްރިކް ޓަނުގެ މަހެވެ. އަދި 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 56،678.3 މެޓްރިކް ޓަނުގެ މަހެވެ.

މި އަހަރުގެ ޖެނުއަރީ މަހު 4،475 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވާއިރު، ފެބްރުއަރީ މަހު ވަނީ 6،051 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައެވެ. އަދި މާޗް މަހު 3،787 މެޓްރިކް ޓަނު އެކްސްޕޯޓްކޮށްފައިވާއިރު، އެޕްރީލް މަހު ވަނީ 4،746 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައެވެ. މެއި މަހު 4،404 މެޓްރިކް ޓަނު، ޖޫން މަހު 3،495 މެޓްރިކް ޓަނު، ޖުލައި މަހު 1،113 މެޓްރިކް ޓަނުގެ މަސް އަދި އޮގަސްޓް މަހު 2،168 މެޓްރިކް ޓަނުގެ މަސް ވަނީ ރާއްޖެއިން އެކްސްޕޯޓް ކޮށްފައެވެ.

ރާއްޖޭއިން މިއަހަރު ބޭރުކުރި މަހުގެ ބާވަތަށް ބަލާއިރު އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ކަޅުބިލަ މަހެވެ. އެ ގޮތުން އޮގަސްޓް މަހުގެ ނިޔަލަށް 18،454 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. އަދި ރާއްޖެއިން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 6،407 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައި ވެއެވެ.

މަސްވެރި ކަމަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ސިނާއަތެވެ. އަދި މި ސިނާއަތް ސިފަކުރަނީ ޒަމާނުއްސުރެ ދިވެހިންގެ ލޭނާރުގެ ގޮތުގަ އެވެ. އެހެންކަމުން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: