ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެހިކަލް ރަޖިސްޓްރޭޝަންތައް ކުރިއަށް ދާނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް: އަމީނު

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީނު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެހިކަލް ރަޖިސްޓްރޭޝަނާއި ލައިސަންސާ ގުޅޭ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީނު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ބޭއްވި ޕާކިން ބިލްޑިންތަކެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އަމީން ވިދާޅުވި، އެ މިނިސްޓްރީ ދެމުން ގެންދާ އެއްވެސް ޙިދުމަތަކަށް ބަދަލެއް ގެންނަ ނަމަ، އެކަން އާންމު ރައްޔިތުންނަށް ފެންނަ ގޮތަށް ގެޒެޓުކުރެވޭނެ ކަމަށެވެ. އަދި ވެހިކަލް ރަޖިސްޓްރޭޝަނާއި ލައިސަންސާ ގުޅޭ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

މާލެ ސަރަހައްދާއި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ވެހިކަލް ރަޖިސްޓްރީކުރުމަށް މިހާރު ޢަމަލުކުރަމުންދާ ގަވާއިދަކީ މިހާރުގެ ޒަމާނަށް އެކަށީގެންވާ ގަވާއިދެއް ނޫންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މާލެ ސަރަހައްދާއި އެހެނިހެން ހިސާބުތަކުގައި ވެހިކަލް ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ބަދަލުތަކެއް ގެނެއުމަށް ނިންމައިފައިވާ ކަމަށެވެ. އަދި އެކަން ކުރިއަށް އޮތް 10 ދުވަސް ތެރޭގައި އާންމު ކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ބަދަލުތަކަކީ ޒަމާނީ ވަސީލަތްތަކާ އެއްގޮތަށް، ގެނެވޭ ބަދަލެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި 2017 ގެ ޕާކިންގެ އުސޫލަށް ބަދަލުތަކެއް ގެނެވޭނެ އެވެ.

މިކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ، އެފަދަ ބަދަލުތަކުގެ ސަބަބުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، އާންމު ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވައި ކަމަށެވެ. އެ ވުޒާރާއިން އެފަދަ ބަދަލުތަކެއް ގެނެއުއްވާ މައިގަނޑު ސަބަބަކީ، ކުރީގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގައި ހުރި ކޮރަޕްޝަނާއި ނުފޫޒުގެ މައްސަލަތައް ޙައްލުކުރުމެވެ. އަދި މާލެ ސަރަހައްދުގެ މަގުތަކުގައި ޖެހިފައިވާ މައްސަލަތައް ހައްލު ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: