ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިރިމީހާ އަނބިމީހާއަށް ކަމޭހިތުމަކީ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫން: ހުތުބާ

ޝެއާރކޮށްލާ ކަހަލަދޯ؟

ފިރިމީހާ އަނބިމީހާއަށް ކަމޭހިތުމަކީ، ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫންކަމަށް ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބުނެފައި ވަނީ ގެވެށި އަނިޔާގެ ސަބަބުން މުޖުތަމައުގެ އިޖުތިމާއީ ފޭރާން ހަލާކުވެ، އެއްބައިވަންތަކަން ނެތިވެގެންދާ ކަމަށެވެ. އަދި ގެވެށި އަނިޔާގެ ސަބަބުން މުޖުތަމަޢުގެ އިޖްތިމާޢީ ފޭރާން ހަލާކުވެ، އެކުވެރިކަމާއި އެއްބާރުލުން ނެތިގެންދާނެކަމަށާއި އެކަމުގެ ސަބަބުން މުޖުތަމަޢުގެ ފަރުދުންގެ މެދުގައި އަރައިރުންތައް އުފެދި، ހަރުކަށި ޢަމަލުތައް އިތުރުވެދާނެކަމަށް ބުނެފައި ވެއެވެ.

އަނބިމީހާއަށް އިހުތިރާމް ކުރުމަކީ، ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނެފައި ވަނީ ފިރިމީހާގެ ފިރިހެންވަންތަކަން ގުޅިގައި ވަނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގައި ކަމަށެވެ.

ހުތުބާގައި ބުނެފައި ވަނީ ގެވެށި އަނިޔާ ފެށުމަށް މެދުވެރިވާ ސަބަބަކީ ބައްޕައާއި ދަރިންނާމެދު، ނުވަތަ މަންމައާއި ދަރީންނާ ދެމެދުގައި ނުވަތަ ފިރިމީހާއާއި އަނބިމީހާއާ ނުވަތަ އަނބިމީހާއާ ފިރިމީހާއާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުއާމަލާތުގެ ސަބަބުން ކަމަށެވެ. އަދި ދަރިން އަޙްލާޤު ރަނގަޅު ބަޔަކަށް ހެދުމަށާއި އަނބިން ކިޔަމަންތެރިކަމާއެކު ގޭގައި ބޭތިއްބުމަށް ފިރިހެނުން ހަރުކަށިކޮށް މުއާމަލާތް ކުރި ނަމަވެސް، އެކަމުގެ އާހީރު ނަތިއްޖާއަކަށް ވެގެންދާނީ، އަނބިމީހާއާއި ދަރިންގެ ނުކިޔަމަންތެރިކަން އިތުރުވުންކަމަށެވެ.

ހުތުބާގައި ބުނެފައި ވަނީ އަނބިންނާއި ވަރިވެ، ދަރިންއަށް ޙަރަދުނުކޮށް އެތައް ފިރިހެނުންނެއް އުޅެމުންދާ ކަމަށާއި އެއީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

ހުތުބާގައި ބުނެފައި ވަނީ އެކަމުގެ ސަބަބުން މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ނުބައި އަމަލުތަކަށް މަގު ފަހި ވެގެންދާނެކަމަށެވެ. ހުތުބާގައި ވަނީ އަންހެނުންނަށް އަނިޔާކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫންކަމަށާއި، މާތްﷲ ފިރިންނަށް އަންގަވާފައި ވަނީ އަނބީންނާއި އެކު ރިވެތި ގޮތުގައި މުޢާމަލާތުކުރުމަށް ކަމަށެވެ.

ގެވެށި އަނިޔާ ހުއްޓުވުމަށް މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން މަސައްކަތްކުރުމަށާއި އަދި މިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ޚުތުބާގައި ވަނީ ގޮވައިލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: