ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ އިސްލާހުތަކުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒަރު ނިމުމަކަށް އަންނާނެ: ޖާބިރު

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެނެސްފައިވާ މާލީ އިސްލާހުތަކުގެ ސަބަބުން ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގެ މައްސަލަ ނިމުމަކަށް އައިސްފައިވާކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން މާލީ އިސްލާހުތަކެއް ގެނެސްފައިވާއިރު، ސަންގުޓީވީގެ ޚަބަރަށްފަހުފަހު ޕްރޮގްރާމްގައި ޖާބިރު ވިދާޅުވީ، ރައީސް އަޅުއްވާފައިވާ ފިޔަވަޅާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުނަށް ފޮނުވުމަށާއި އެހެނިހެން މަސައްކަތްތަކަށް ބޭނުންވާ ބޭރު ފައިސާ ލިބެން ހުންނާނެކަމަށެވެ. އޭނާ ވިދާޅުވީ، މި ފިޔަވަޅާއިއެކު ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ނިޔަލަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަށް ލުޔެއް ލިބިގެންދާނެކަމަށާއި ދެން ޖެހޭނީ މި ނިންމުމުގެ މަތީގައި ހިފަހައްޓަން ކަމަށެވެ.

ޖާބިރު ވިދާޅުވީ، ދާދި ފަހުން ސަރުކާރުން ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުމަށް ނިންމިކަމަށެވެ. އަދި އެއާއިއެކު އެއް ރައީސްއަކު އެކަން ކުރުމަކީ ”ހަރާމް“ ކަމެއްގެ ގޮތުގައި ސިފަކުރަމުންދިޔަކަމަށާއި އެކަމާއި އިދިކޮޅަށް ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށެވެ. ޖާބިރު ވިދާޅުވީ، ހަގީގަތުގައި ލޭނު އަޅައިގެންވެސް ރާއްޖެއަށް ލާރި ލިބެންޖެހޭކަމަށާއި ރައީސް ނަޝީދު އެކަމަށް އެދުނު ނަމަވެސް ދިވެހިން ނުކައި ތިބޭ ގޮތަށް ކަންކަން އޮންނަން ކަމަކު ނުދާނެކަމަށް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ، ޓުއަރިޒަމް އިންޑަސްޓްރީ އޮޕަރޭޓް ކުރަމުންދަނީ ރާއްޖޭގެ އެންމެހާ ބޭފުޅުން ނޫންކަމަށެވެ. އަދި އޭނާ ސިނާއަތުގައި ހަރަކާތްތެރިވާން ފެށި ހިސާބުން ކުރަމުން އައިސްފައިވާ މަސައްކަތަކީ ރާއްޖެއަށް ޑޮލަރު ގެނައުންކަމަށާއި ދެމެހެއްޓިނިވި ގޮތެއްގައި ވިޔަފާރި ކުރެވޭނީ ދެ ފަރާތަށްވެސް ކާމިޔާބު ވެގެންކަމަށާއި މި މަސައްކަތްތަކުގެ ބޭނުމަކީ ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވެ ރައްޔިތުންނަށް ހަމަޖެހިގެން ދިރިއުޅެވުންކަމަށެވެ.

ޖާބިރު ވިދާޅުވީ، ވިޔަފާރިވެރިންގެ ގާތަށް ވަރަށް ގިނަ އަދަދެއްގެ މީހުން ޑޮލަރު ހޯދުމަށް އަންނަކަމަށާއި އެހެންނަމަވެސް ދިނުމުގައި ދަތިތައް ހުރިކަމަށާއި އެގޮތަށް ދެންޏާ ދޭންޖެހޭނީ ބްލެކް މާކެޓު އުސޫލުން ނޫންތޯ ސުވާލުކުރެއްވިއެވެ. އެހެންކަމުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެކަން ނިމުމަކަށް އައިސްފައިވާކަމަށާއި މި ފިޔަވަޅުގައި ރައީސް ހިފަހައްޓަވާނެކަމަށާއި ރައީސްވަނީ ފަތުރުވެރިކަމުގެ ސިނާއަތަކީ މިތުރުންގެ ގޮތުގައި ދާދި ފަހުން ސިފަކުރައްވާފައިކަމަށް އަލިއެޅުއްވިއެވެ.

އޭނާ ވިދާޅުވީ، ހަތުރުންނަށް ވެގެން ނުވާނެކަމަށާއި، ސިނާއަތުގެ މަސައްކަތްތެރިންނަށް ދަތިތަކެއް ހުރި ނަމަ ރައީސްއާއި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރުމުން ދޫ ދެއްވާނެކަަމަށް ގަބޫލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުންވެސް އެގޮތުގެ މަތިން ލުއިތައް ގެނެސްދޭނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: