ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވީ، ދިވެހި ޤައުމުގެ ޙައްޤުގައި ވަކާލާތު ކުރުން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވީ، ދިވެހި ޤައުމުގެ ޙައްޤުގައި ވަކާލާތު ކުރުންކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި، ’އެކްސް’ގައި ޝާއިޢުކުރެއްވި މެސެޖެއްގައެވެ. ބްރޯޑްކާސްޓްކުރުމަކީ އަމާނާތެއް ކަމަށާއި، މަސްއޫލިއްޔަތެއްކަން ވެސް އެ މެސެޖުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހަކީ، ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ ހަރުދަނާކުރުމާއި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމު ދައުރުގެ އަގު ވަޒަންކުރުމާއި، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހުއެވެ.

މި އަހަރުގެ ބްރޯޑްކާސްޓް ދުވަހުގެ ޝިޢާރަކީ ”މާދަމާގެ ތަޞައްވުރު: ބްރޯޑްކާސްޓިންގެ މުސްތަޤްބަލު ބައްޓަންކުރުން“ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: