ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ”އީޒް މައި ޓްރިޕް“ އިން އަނެއްކާވެސް ރާއްޖެއަށް ފަތުރުވެރިން ފޮނުވަން ފަށަނީ!

ރައީސް މުއިއްޒު އާއި ބޮޑުވަޒީރު މޯދީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ފަތުރުވެރިކަމާއި ބެހޭ ކުންފުންޏެއްކަމަށްވާ ”އީޒް މައި ޓްރިޕް“ އިން އަނެއްކާވެސް ދިވެހިރާއްޖެ މާކެޓުކުރަން ފަށައިފިއެވެ.

އިގްތިސާދާއި ގުޅުންހުރި މައުލޫމާތު ޝާއިއުކުރާ ނޫހެއްކަަމަށްވާ ”ބިޒްނަސް ޓުޑޭ“ އިން އާންމުކޮށްފައިވާގޮތުން ރާއްޖެއާއި އިންޑިއާ ދެމެދު އުފެދިގެންދިޔަ ހާރިޖީ މައްސަލަތަކުގެ ތެރެއިން ރާއްޖެއަށް ފަތުރުވެރިން ފޮނުވުން ހުއްޓާލި ”އީޒް މައި ޓްރިޕް“ އިން އަނެއްކާވެސް ރާއްޖެ މާކެޓުކުރަން ފަަށާފައިވަނީ ދިވެހިރާއްޖެއާއި އެ ގައުމާއި ދެމެދު ގުޅުންތައް ރަނގަޅުވެެގެންދާން ފެށުމާއިއެކުއެވެ.

ކުރިން ބުކިންގްތައް ހުއްޓާލާފައި ވަނީ ދިވެހި ސަރުކާރުގައި ތިބި ބައެއް އޮފިޝަލުން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަލާމާތުގެ ބަސްތަކެއް ރައްދުކުރުމާއި ގުޅިގެން ނުރުހުން ފާޅުކޮށެވެ.

އެގޮތުން ޖޫން މަހުގެ ތެރޭގައި ނެގުނު ބަޔާނެއްގައި ސީއީއޯ ނިޝާންތް ޕިއްޓީވަނީ ބައެއް ބުކިންތައް ހެދުނު ނަމަވެސް ރާއްޖެ އެ ގައުމުން ދޭ ހިދުމަތުގެ ލިސްޓުން ނަގާލާފައިވާކަމަށެވެ.

އެހެންނަމަވެސް ދާދި ފަހުން އާންމުކުރި ބަޔާނެއްގައި އޭނާވަނީ ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ގުޅުމަށް ކުރިއެރުންތަކެއް އައިސްފައިވާކަމަށް އަލިއަޅުއްވާފައެވެ. އެގޮތުން ދެ ގައުމުގެ ސަރުކާރުގެ ފަރާތުންވެސް ހާލަތު ރަނގަޅުވަމުންދާކަމުގެ އިޝާރާތްތަކެއް ފެނިފައިވާކަމަށެވެ.

ޕިއްޓީ ހާމަކުރެއްވިގޮތުން ދިވެހިރާއްޖެއާއި ދެމެދު އަނެއްކާވެސް ވިޔަފާރި ގުޅުންތައް ބޭއްވުމަށް ނިންމާފައިވަނީ ގިނަ މަޝްވަރާތަކަށް ފަހުކަމަށޭވެ. އެގޮތުން މިފަހުން ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާގެ އޮފިޝަލުން އިންޑިއާ އަށް ކުރި ދަތުރުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ. އަދި އެ ކުންފުންޏަކީ ގައުމު އިސްކުރުމުގެ ސިޔާސަތެއް ގެންގުޅޭ ކުންފުންޏެއްކަމަށްވުމުން އަމަލުކުރަމުންދާނީ ސަރުކާރުގެ ވިސްނުމާއި ބައްދަލު ގޮތަކަށް ކަމަށާއި އަބަދުވެސް ސަރުކާރުގެ ތަސައްވަރު ކުރިއެރުވުމުގައި އެއްބާރުލުން ދޭނެކަމަށެވެ.

އޭނާ ހިއްސާކުރެއްވިގޮތުން ދިވެހިރާއްޖެއަށް އަނެއްކާވެސް ފަތުރުވެރިން ފޮނުވަން ފެށުމަކީ އައު އެކުވެރިކަމެއް އާލާކޮށް ލަނޑުދަނޑިތަކެއް ކަނޑައަޅައި ފަތުރުވެރިކަމުގެ މަސައްކަތްތައް ފުޅާކުރުމަށްޓަކައި އެޅިގެންދާ ފިޔަވަޅެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: