ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ވައުދާ އެއްގޮތަށް ޗާގޯސްގެ މައްސަލާގައި އަމަލުކޮށްފައި ނުވާތީ ކަންބޮޑުވޭ: ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި އަމްރު އާއި ޕާޓީގެ އިސް ބައެއް މެމްބަރުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ހުށަހެޅި މައްސަލައިގައި ރާއްޖެއާއި ގުޅޭ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނުކަމަށް ބުނާ މައްސަލައިގައި މިހާތަނަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ކަންބޮޑުވާކަމަށް ޑިމޮކްރެޓްސް ޕާޓީއިން ބުނެފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެންމެ ބޮޑަށް އެމަނިކުފާނުގެ ސަރުކާރަށް ކުރި ތުހުމަތަކީ ރާއްޖެ – މޮރިޝަސްކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގައި އިޓްލޮސްގައި ގޮތް ނިންމާފައި ވަނީ ގެއްލުން ލިބޭ ގޮތަށްކަމަށާއި އޭގެ ސަަބަބުން ދިވެހި ކަނޑުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާކަމަށް ތުހުމަތު ކުރި އެވެ.

ވައުދާއި އެއްގޮތަށް ޗާގޮސް އަނބުރާ ހޯދުމަށް މަސައްކަތްކޮށްފައި ނުވާކަމަށް ބުނެ، ޑިމޮކްރެޓްރެސް ނެރުނު ބަޔާނުގައި ވަނީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ ގޮތުން ދިވެހިރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންދިއަ ސިޔާސަތު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަދަލުކުރުމުން އޭގެ ސަބަބުން އެތައް ގެއްލުންތަކެއް ލިބިގެން ދިޔަކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް މިހާތަނަށް ސަރުކާރުން ފިޔަވަޅެއް އަޅާފައި ނުވާތީ ކަންބޮޑުވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުމުގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލުކުރައްވައި، ދިވެހިރާއްޖޭގެ ފަރާތުން ދައުވާކުރުމުގެ ހައްގު ނިމިދިޔަ ސަރުކާރުން ސިއްރު ސިޓީއަކުން ދޫކޮށްލައްވައި އަދި އ.ދ. ގައި އެގޮތަށް ވޯޓު ދިނުން ވެސް އެ ޕާޓީން ކުށްވެރިކޮށްފައިވާނެކަމަށް ބަޔާނުގައި ވެއެވެ. އަދި ބުނެފައި ވަނީ  އެއަށްފަހު އަލަށް އުފެދުނު ރައީސް މުއިއްޒުގެ ސަރުކާރުން، ދިވެހިރާއްޖޭގެ އެ ނިންމުން އަލުން މުރާޖާކުރައްވާނޭކަމަށާއި، ޗާގޯސްގެ ރައްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އަލުން ހޯއްދަވާނޭކަމަށް ރިޔާސީ ވައުދުވެފައިވާކަމަށެވެ.

ޑިމޮކްރެޓްސް ބުނެފައި ވަނީ މައްސަލައިގައި ސަރުކާރުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީސް، އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ނިންމިކަން އިއުލާނުކޮށްފައިވާކަމަށެވެ. މިއީ ދައުވާކުރުމުގެ ހައްގު ދިވެހިރާއްޖެއިން ދޫކޮށްލެއްވުމުގެ ސަބަބުން ނުވަތަ އެ ޙައްޤު އަލުން ހޯދައިދިނުމަށް މަސައްކަތްނުކުރެއްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތައް ލިބިގެންދާ ގެއްލުމެއްކަމަށް ބަޔާނުގައި ވެއެވެ.

ގެއްލުނުކަމަށް ބުނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ، ހަފްތާ 14 ގެ ދަށުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ. އަދި އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަށް ބޭރުގެ އެކްސްޕާޓުންނާއި އެކު އެކުލަވާލި ރިޕޯޓުގެ މައުލޫމާތުތައް މިދިޔަ ފެބްރުއަރީ މަހު އޭޖީ އޮފީހުން ހާމަކުރި އެވެ. ރިޕޯޓުގައި ގިނަ ތަފްސީލުތައް ހިމަނައި ބުނެފައި ވަނީ، ކަނޑުގެ މައްސަލައިގައި ކުރީ ސަރުކާރުން އަމަލު ކުރީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: