ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިލްމާއި ލަވަ ހަދަން، 300،000 ރުފިޔާ ހަމައަށް ފައިސާގެ އެހީގެ ސްކީމެއް

ޝެއާރކޮށްލާ ކަހަލަދޯ؟

އުފެއްދުންތެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ފުރަތަމަ ސްކީމް ހުޅުވާލައިފިއެވެ.

މި ސްކީމަކީ މިޔުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުންފަދަ ޕްރޮޖެކްޓުތަކަށް މާލީ އެހީ ފޯރުކޮށްދޭ ސްކީމެއްކަމަށް ބިޒްނަސް ސެންޓާާ ކޯޕަރޭޝަން (ބީސީސީ) އިން ބުނެއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ސާމިހް އާދަމް ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ފުރަތަމަ ސްކީމްގެ ދަށުން 4 ދައިރާއަކަށް އެހީދިނުމަށް ހަމެޖެހިފައިވާކަމަށެވެ. މި ފަންޑުގެ ތެރެއިން 50،000 ރުފިޔާއިން ފެށިގެން 300،000 ރުފިޔާ އާއި ހަމައަށް އެހީ ދިނުމަށް ވަނީ ނިންމާފައެވެ.

ފުރަތަމަ މާލީ އެހީތެރިކަން ދޭ ދާއިރާތައް

  1. ފިލްމް ޕޮރޮޑަކްޝަން
  2. މިއުޒިކް ޕްރޮޑަކްޝަން
  3. ކޮންޓެންޓް ކްރިއޭޝަން
  4. އާޓް އެންޑް ކްރާޕްޓް

މި ފަންޑަކީ ހަމަ ދާއިމީ ގޮތެއްގައި ލިބިގެންދާނެ ފަންޑަކަށް ވާތީ އެއިރަކު ކަނޑައަޅާފައި ހުރި ވަރަކުްނ އެހީދެމުން ގެންދާނެކަަމަށް ސާމިހް ވިދާޅުވިއެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭ ގޮތެއް ކަނޑައަޅާނީ އެ ފަރާތަކުން ހުށައަޅާ ޕްރޮޕޯޒަލްތައް ބެލުމަށްފަހު އެބަޔަކު އުފައްދާ އުފެއްދުމަކުން ފައިސާ ލިބޭގޮތެއް ބެލުމަށްފަހުކަމަށްވެސް ސާމިހް ވިދާޅުވިއެވެ.

މި ސްކީމުން މާލީ އެހީތެރިކަން ހޯދަން އެދޭ މީހުން ޝަރުތުތައް

  1. އުމުރުން 18 އަހަރު ވެފައިވާ ދިވެއްސެއް ކަމުގައިވާ ވުން
  2. އެންމެ ކުދި ނުވަތަ ކުދި ފަންތީގެ ވިޔަފާރިއަކަށް ވުން
  3. ވިޔަފާރިތަކުގެ ދަފްތަރުގައި ނުވަތަ ބީސީސީން ބަލަހައްޓާ ދަފްތަރުގައި ހިމެނޭ ފަރާތަކަށްވުން

ބީސީސީން ބުނީ މި ސްކީމުން މާލީ އެހީތެރިކަން ހޯދަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރުގައި އެ ކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ދަފްތަރު ވުމުގެ ފުރުސަތު މިދިޔަ މަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށް ބީސީސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: