ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީތަކަށް ވަނުމަށް އޮންލައިންކޮށް ފޯމު ހުށައެޅޭ ގޮތް ހަދަނީ!

އިލެކްޝަންސް ކޮމިޝަން އީސީގެ ރައީސް ފުއާދު ތައުފީގު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކަށް ވަނުމަށްޓަކައި ހުށައަޅަން ޖެހޭ ފޯމުތައް، އޮންލައިންކޮށް ހުށައެޅޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ކޮމިޝަނުގެ ކެޕޭސިޓީއާއި، މަސައްކަތްތަކަށް ބަލާއިރު، މިއީ ކޮންމެހެން ގެންނަން ޖެހިފައިވާ ބަދަލެއްކަމަށެވެ.

މިހާރު އޮންނަ ގޮތަށް ކޮމިޝަނަށް އައިސް ފޯމު ހުށައަޅަން ޖެހުމުގެ ސަބަބުން ބައެއް ދުވަސްތަކުގައި އޮފީހުގެ ތެރޭގައި މީހުން ގިނަވެ، ހިދުމަތް ދިނުމަށް ބުރޫ އަރާކަމަށް ފުއާދު ވިދާޅުވިއެވެ.

ޖާގައިގެ ދަތިކަމުގެ ސަބަބުން ހާއްސަކޮށް އިންތިހާބުތަކުގެ ދުވަސްވަރު ވަރަށް ދަތިވާކަމަށާއި، އެކަމުގެ ސަބަބުން އާންމުންގެ ޝަކުވާ ލިބޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ޕާޓީތަކަށް ވަނުމަށް ކުރަން ޖެހޭ ކަންކަން އޮޓޮމެޓިކްކޮށް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. މި މަސައްކަތް ނިމުމުން ގޭގައި ހުރެވެސް ފޯމު ހުށައެޅޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓިތަކަށް ވަނުމަށް އެދި ހުށައަޅާ ފޯމު އޮންލައިންކޮށް ހުށައެޅޭނެ ގޮތް ފަހިކޮށްދިނުމަކީ، ސިޔާސީ ޕާޓީތަކުގެއާއި އާންމުގެވެސް ވަރަށް ބޮޑު އެދުމެއްކަމަށް ފާހަގަކޮށް ފުއާދު ވިދާޅުވީ، މިއީ ހާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: