ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތެއް ނުކޮށް ތިބެ، ދައުރު ދެބައިވުމުން އެމްޑީޕީ ޕްރޮޖެކްޓުތައް ހަވާލު ކުރީ ކުންފުންޏަށް ނުކަތާވަރަށް: މަމްދޫހު

ފުނަދޫ ދާއރިާގެ މެންބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ދައުރު ދެބައިވެގެން ދިޔައިރު ވެސް ރަށްތަކުގައި ރަނގަޅަށް މަޝްރޫއުތަކެއް ފަށާފައި ނުވާކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގައި މިހާތަނަށް އެއްވެސް މަޝްރޫއުއެއް ފަށާފައި ނުވާކަމަށާއި އެމްޑީޕީގެ ސަރުކާރުގައި އިފްތިތާހު ކުރި ގިނަ ޕްރޮޖެކްޓުތައް ހުއްޓާލާފައިވާކަމަށް ބުނެ އެމްޑީޕީ ދަނީ ފާޑުކިއުން އަމާޒު ކުރަމުންނެވެ. ތުހުމަތުތަކަށް ރައްދު ދެއްވައި ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މަމްދޫހު ވިދާޅުވީ ރައީސް މުއިއްޒާއި އެކު ޕީޕީއެމް/ޕީއެންސީ މަސައްކަތް ކުރަމުން ދަނީ ގައުމަށް ހަމަޖެހުމާއި ފާގަތިކަން ހޯދައިދިނުމަށްކަމަށާއި، އެމަނިކުފާނުގެ ލީޑާޝިޕްގެ ދަށުން ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލު ގެނެވޭ މަންޒަރު މިހާރު ދަނީ ފެންނަމުން ކަމަށެވެ.

އިހުލާސްތެރި މަސައްކަތެއް ކުރުމުގެ ނިޔަތް މި ސަރުކާރުގައި އެބައޮތްކަމަށާއި، ވެރިކަމަށް އައީ އެކަމުގެ މެނިފެސްޓޯއެއް އެކުލަވާލައި ރައްޔިތުންނަށް އެ މައުލޫމާތުތައް ފޯރުކޮށްދީގެންކަމަށް މަމްދޫހު ވިދާޅުވި އެވެ.

ސަރުކާރާއި ގުޅުވައި އަމާޒު ކުރާ ފާޑުކިއުންތަކަށް މަމްދޫހު ވިދާޅުވީ، މިއަދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންމެ އަރިހުގައި ތިބީ 2018 ގެ ވެރިކަން އެ މަނިކުފާނަށާއި ޕާޓީއަށް ގެއްލުވާލުމަށް އެންމެ ފާޅުގައި ނިކުންނެވި ބޭފުޅުން ކަމަށެވެ.

މިދިޔަ ދިހަ މަހުގެ ތެރޭގައި އެއްވެސް ޕްރޮޖެކްޓެއް ހިންގާފައި ނުވާކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި މަމްދޫހު ވިދާޅުވީ އެމްޑީޕީގެ ދައުރުގައި ފުރަތަމަ ތިން އަހަރު ނިމިގެން ދިޔައިރު ވެސް ރަށްރަކުގައި ހިންގި އެއްވެސް މަޝްރޫއުއެއް ނެތްކަމަށެވެ. ފަހު ދެ އަހަރުގެ ތެރޭގައި މަޝްރޫއުތައް އިއުލާނުކޮށް، އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް އެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ނެތްކަމަށް މަމްދޫހު ވިދާޅުވި އެވެ.

އެއްވެސް އިދާރީ މަސައްކަތެއް ނުކޮށް.. ހަމައެކަނި އިދާރީ މަސައްކަތެއް އެކަނި ކުރެވިފައި ހުންނާނީ… ހަމައެކަނި ސޮއި ކުރެވިފައި އެގްރިމަންޓުތަކުގައި އެއްވެސް ގޮތަކަށް ފައިސާއެއް.. އެކަންކަން ކުރާނެ.. އެއްވެސް އިދާރީ މަސައްކަތެއް ނުކޮށް ހަމައެކަނި.. އެގްރިމަންޓުތަކެއްގައި ސޮއި ކުރިކަން އެކަނި.. ފުރަތަމަ އަހަރު، ދެވަނަ އަހަރު އެއްވެސްކަމެއް ފެށިފައި ނުހުންނާނެ ހަގީގަތުގައި..

މީގެއިތުރުން މަމްދޫހު ވިދާޅުވީ މަޝްރޫއުތައް އެމްޑީޕީ ހަވާލުކޮށްފައި ވަނީ ވެސް ކުންފުންޏަށް އެކަށީގެން ނުވާވަރަށް ގިނައިން ކަމަށެވެ.

މަމްދޫހު ވިދާޅުވީ މި ސަރުކާރަށް އަހަރެއްވުމާއި ގާތްވިއިރު ރަށްތަކުގައި ޕްރޮޖެކްޓުތައް ފަށައިގެން ދަނީ ކުރިޔަށް ކަމަށެވެ. އަދި ބައެއް މަސައްކަތްތައް ނިމިފައި ހުރިއިރު، ކުރިޔަށް ގެންދަން ވައުދުވެފައި ހުރި މަޝްރޫއުތައް ފެށުމަށް ތައްޔާރުވެފައިވާކަމަށް މަމްދޫހު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު އެމްޑީޕީ އެއްކޮށް ހަލާކުކޮށްލުމުގެ ސަބަބުން ރައީސް މުއިއްޒު ހަވާލުވާން ޖެހުނީ ބޮޑު ދަރަންޏަކާއި ނަމަވެސް އެ ގޮންޖެހުންތަކުން އަރައިގަނެ އަންނަ އަހަރުން ފެށިގެން އެ ބަދަލު ފެންނަން ފަށާނެކަމަށް މަމްދޫހު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: