ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އަމާޒަކީ ދިވެހި ސިފައިންގެ ތެރޭގައި ހައިޑްރޮގްރެފީ ސާވޭ ހެދޭނެ ގާބިލުކަން މި އަހަރު އުފެއްދުން: ޣައްސާން

ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ދިވެހި ސިފައިންގެ ތެރޭގައި ހައިޑްރޮގްރެފިކް ސާވޭ ހެދޭނެ، ގާބިލިއްޔަތު އުފައްދައި ބޭނުންވާ ވަސީލަތް ހޯދައިދިނުންކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޣައްސާން ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ދަތުރެއްކަމަށާއި ގާއިމު ކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ. މީގެ ތެރޭގައި ހިމެނޭ އެއްވެސް އެއްބަސްވުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫނާރާނެ ގޮތަށް ހަދާފައިވާ އެއްބަސްވުންތަކެއްކަމަށް ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ހަރަކާތްތެރިވާނީ ދިވެހި ސިފައިންކަމަށާއި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ދިވެހި ފަސް ގަނޑުގައި ގާއިމުވެތިބުމަށް އެއްވެސް ފުރުސަތެއް ނުދޭނެކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހައިޑްރޮގްރެފިކް އެއްބަސްވުން އިތުރަށް ކުރިޔަށް ނުގެންދިއުމަށް ކެބިނެޓުން ނިންމާފައިވާނެކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ އެއްބަސްވުމުގެ މުއްދަތު ހަމަވީ މިދިޔަ ޖޫން މަހުކަމަށެވެ.

ޣައްސާން ވިދާޅުވީ މިހާރު އެއްވެސް ގައުމަކާއި އެކު އެފަދަ އެއްބަސްވުމެއް ނެތްކަމަށާއި، ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހި ސިފައިންގެ ތެރޭގައި ހައިޑްރޮގްރެފިކް ސާވޭ ހެދޭނެ ގާބިލިއްޔަތު އުފައްދައި ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތް ދަންނަ ތައުލީމާއި ތަޖުރިބާ ހުރި އޮފިސަރުން އެމްއެންޑީއެފްގައި އެބަތިބި ކަމަށެވެ.

ބޭރުގެ ގައުމަކާއި އެކު އަޅުގަނޑުމެންގެ ސަރުކާރަކުން ވެފައި އޮތް އެއްބަސްވުމެއް އިތުރަށް ކުރިޔަށް ނުގެންދަން.. އެ އެއްބަސްވުމުގެ މުއްދަތު މިދިޔަ ޖޫން މަހު ވަނީ ހަމަވެފަ.. އޭގެ މާނައަކީ ހައިޑްރޮގްރެފިކް ސާވޭ ހަދަން ދިވެހިރާއްޖޭގައި ބޭރުގެ އެއްވެސް ފަރާތަކާއި އެކު އެއްބަސްވުމެއް ނޯންނާނޭ.. ރައީސް ޑރ. މުއިއްޒު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ މި އަހަރުގެ ތެރޭގައި، ދިވެހި ސިފައިންގެ ތެރޭގައި ހައިޑްރޮގްރެފިކް ސާވޭ ހެދޭނެ، ގާބިލިއްޔަތު މާނައަކީ އެކަމަށް ބޭނުންވާ އިކުއިޕްމަންޓު ހޯދުމުގެ މަސައްކަތް މިހާރު އެ ގެންދަވަނީ ކުރައްވަމުން.. އެކަން ކުރަން ދަންނަ މަތީ ތައުލީމު ހާސިލުކޮށްގެން ތިއްބެވި ބޭފުޅުން މިހާރު ވެސް އެމްއެންޑީއެފްގައި އެބަތިއްބެވި..

މީގެއިތުރުން ޣައްސާން ވިދަޅުވީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ އެއްވެސް ކަމެއް މި ސަރުކާރުގައި ނުހިނގާނެކަމުގެ ޔަގީންކަން ދޭކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގައުމީ ދިފާއީ ބާރުން ހިމާޔަތް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށްކަން ފާހަގަކުރެއްވި އެވެ.

ޣައްސާން ވިދާޅުވީ ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތު މޯލްޑިވްސް ފަސްޓް ޕޮލިސީގެ ދަށުން ދުނިޔޭގެ ގައުމުތަކާއި އެކު މުއާމަލާތް ކުރައްވައި އެ ގައުމުތަކާއި އެކު މަސައްކަތް ކުރެވޭނެކަން އެމަނިކުފާނު މިއަދު ގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: