ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްސާމްގެ އެޕާޓްމެންޓު ފުލުހުންނާއި ހަވާލުކުރަން އަމުރު ކުރި މައްސަލަ ހައިކޯޓަށް!

(އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުއިން ގަތް ދެ އެޕާޓްމެންޓް ފުލުހުންނާއި ހަވާލު ކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރި މައްސަލަ ހައިކޯޓަށް ހުށައަޅައިފި އެވެ.

ހައިކޯޓަށް މި މައްސަލަ ހުށައަޅާފައިވަނީ ބައްސާމްގެ ފަރާތުންނެވެ. އޭނާގެ މިލްކިއްޔާތުގައިވާ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް މިމަހުގެ 6 ވަނަ ދުވަހުގެ ކުރިން ފުލުހުންނާއި ހަވާލު ކުރުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައި ވެއެވެ. އެހެންނަމަވެސް ބައްސާމްގެ ވަކީލުން އެދިފައިވަނީ މިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަަށް އެ މުއްދަތު ފަސްކޮށްދިނުމަށެވެ.

ބައްސާމްގެ ވަކީލުން އެދުނުގޮތަށް ފުލުހުން އޭރު އެޕާޓްމެންޓުތައް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފަސް ކުރުމަށް ނިންމިއެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ. އެހެންކަމުން އެޕާޓްމަންޓު ހަވާލުކުރާ ތާރީހު ފަސްކުރީ ހާލަތަށް ރިޔާއަތްކޮށްކަމަށް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް ފުލުހުން ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް، ކޯޓު އަމުރާއި އެއްގޮތަށް އޮކްޓޯބަރު 9 ވަނަ ދުވަހުގެ ރޭ އެ ދެ އެޕާޓްމެންޓާއި ހަވާލު ވެފައެވެ. މި މައްސަލައިގައި މިހާރު ދައުވާ ކުރަން ފޮނުވާފައިވާނީ ބައްސާމުގެ ނަމުގައި އަމިން އެވެނިއު އޭ 1205 އަދި އޭ 1206 ދެ އެޕާޓްމެންޓަށް ފައިސާ ދެއްކުމުގައި އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްފައިވާ މައްސަލައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: