ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީފޯމް އެޖެންޑާގައި އިގްތިސާދު ފުޅާކުރުމަށް އިސްކަން ދީފައިވޭ: ޒަމީރު

އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ޒަމީރު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އިއުލާނުކޮށްފައިވާ ރީފޯމް އެޖެންޑާގައި، އިގްތިސާދު ފުޅާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހިމެނޭކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި، ޒަމީރު ފާހަގަކުރެއްވި ގޮތުގައި ގައުމާއި ރައްޔިތުންނަށް އޭގެ ފައިދާތަކެއް ލިބޭނެ މަޝްވަރާތައް ކުރިޔަށް ދިޔަ އެވެ.

ރައީސް މުއިއްޒުގެ ތަސައްވުރަކީ ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު 2018 ވަނަ އަހަރު އަންނަންވާއިރަށް ބަދަލުކޮށް ސިންދަފާތު ކުރުމެވެ. އަދި ދަރަނި ކުޑަކުރުމާއި މާލީ ހާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ސަރުކާރުން އަމާޒު ހިފާއި ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލާފައިވާކަން ފާހަގަކުރެއްވި އެވެ.

ރީފޯމް އެޖެންޑާއާއި ގުޅޭގޮތުން ޒަމީރު ދެއްކެވި ވާހަކައިގައި ވަނީ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒަމީރު ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ އެހީގައި ޕްރައިވެޓް ސެކްޓާއަށް ކުރިއެރުން ގެނެސްދިނުމެވެ.

ސަރުކާރުން މާލީ ރީފޯމްތަކެއް ގެނައުމަށް ނިންމަވާފައިވާކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ މިހާރު ކުރަން ޖެހޭ ހަރަދުތައް ބަޖެޓު އެކަށީގެންވާ ގޮތަކަށް އިސްލާހު ކުރުން ހިމެނޭ ކަމަށެވެ. ޒަމީރު ވިދާޅުވީ އެމްއެމްއޭ އަދި އާރުބީއައި ދެމެދު ގާއިމު ކުރި އެއްބަސްވުމުގެ ދަށުން ލިބޭ 700 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ފައިސާ ލިބޭއިރު މިވަގުތު ހުރި ބައެއް ގޮންޖެހުންތައް ހައްލު ކުރެވޭނެ ކަމަށެވެ. އެގޮތުން ކުއްލި ގޮތަކަށް ދިމާވާ އެކި ކުދިކުދި މައްސަލަތައް ހައްލުކޮށް، ގްރޮސް ރިޒާވް މައްޗަށް ދިއުމާއި އެކު ހުރި ރިޒާވްގެ މައްސަލަ ހައްލު ކުރުމަށް ފަސޭހަ ވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހަމައެއާއި އެކު އަޅުގަނޑު ގަބޫލު ކުރަނީ ރޭޓިންއަށް ހެޔޮ ބަދަލެއް އަންނަން ޖެހޭހެނެއޭ.. އެހެންކަމަށްވެއްޖެއްޔާ އަޅުގަނޑުމެންނަށް އިތުރަށް މާލީ ދާއިރާގެ ރީފޯމް ކުރަން ހުރި މަސައްކަތްތަކަށް ވެސް ފަސޭހަވެގެން ދާނެ..

ޒަމީރު ވިދާޅުވީ ސަރުކާރުން އިއުލާނުކޮށްފައިވާ ރީފޯމް އެޖެންޑާގައި، އިގްތިސާދު ފުޅާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހިމަނާފައިވާކަމަށެވެ. އަދި ބޭރުގެ ފޮރިން އިންވެސްޓްމަންޓުތައް ގެނައުމުގެ މަސައްކަތްތައް ކުރިޔަށް ދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި ޒަމީރު ފާހަގަކުރެއްވީ ވިދަޅުވީ ލޯކަލް ކަރަންސީ ސެޓްލްމަންޓުގެ އެގްރިމަންޓެއް ގާއިމު ކުރުމެވެ.

ރުޕޭ ކާޑު ތައާރަފު ކުރުމާއި ގުޅޭގޮތުން ޒަމީރު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކުރާ ގައުމުކަމަށްވުމާއި އެކު، ރުޕޭ ކާޑުގެ މަންފާ ދިވެހިންނަށް ނެގޭނެކަމެވެ. އަދި ސިއްހީ ބޭނުންތަކާއި ތައުލީމަށް ގިނަ ދިވެހިން އިންޑިއާގައި ދިރިއުޅެމުންދާއިރު ދެ ގައުމުގެ ފައިސާ ބޭނުން ކުރުމުން ޑޮލަރުގެ ދަތިކަމަށް ލުޔެއް ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ޒަމީރު ވިދާޅުވީ ރާއްޖެއަށް ޑިޖިޓަލް ބޭންކު ތައާރަފު ކުރުމާއި އޮންލައިން ގޭޓްވޭގެ ހިދުމަތްތައް ޒަމާނަށް ފެއްތުމަކީ ރައީސްގެ ވިސްނުމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: