ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ވެރިކަމުގެ މިސްރާބު ހުރީ ހުދުމުހުތާރު ވެރިކަމަކާއި ދިމާލަށް: ރައީސް ސާލިހު

އެމްޑީޕީއިން "ލާމަރުކަޒީ ގުޅުން" ނަމުގައި ކުޅުއްދުފުށި ސިޓީގައި ބޭއްވި ކޮންފަރެންސް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ވެރިކަމުގެ މިސްރާބު ހުރީ ހުދުމުހުތާރު ވެރިކަމަކަށްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީއިން ”ލާމަރުކަޒީ ގުޅުން“ ނަމުގައި ކުޅުއްދުފުށި ސިޓީގައި ބޭއްވި ކޮންފަރެންސެއްގައެވެ. ރައީސް ސާލިހު ވިދާޅުވީ، ޑިމޮކްރަސީގައި މަސައްކަތް ކުރާނީ ރައްޔިތުންނާއި ގާތުންކަމަށެވެ. ނަމަވެސް މި ސަރުކާރުގެ މަސައްކަތްތައް ހުރީ އެއާއި އިދިކޮޅަށްކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބާރުތައް ޖަމާކުރުމަށްކަމަށެވެ.

މި ވެރިކަމުގައި ރައްޔިތުންގެ ވާހަކަތައް ގަބޫލުނުކުރާނެކަމަށާއި، މަސައްކަތްތައް ބައްޓަން ކުރާނީ އަމިއްލަ މަންފާއަށްޓަކައި އެކަނިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުން ހަދާ ދޮގުތައް ރައްޔިތުން ގަބޫލު ނުކުރާނެކަމަށެވެ. ވެރިމީހާއަށް ބާރުތައް ޖަމާކުރުމުން ފަސޭހަވާނެކަމަށް ވިދާޅުވީ ނަމަވެސް، އެއީ ކަން ހިނގާ ގޮތް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމާއި ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތައް އަބަދުވެސް ކުރާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ހެދީ ދޮގުކަމާއި، އުފެއްދީ ފިތުނަކަން މިހާ ހާމަވަމުންދާކަމަށް ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ، ވައުދުތައްވެސްވީ ހިސާބެއް ކިތާބެއް ބެލުމެއް ނެތިކަމަށެވެ.

އަޅުގަނޑު މިދެންނެވިހެން އައީ ދޮގުވެރި، މަކަރުވެރި، ހީލަތްތެރި ރޭވުންތަކުގެ ތެރެއިން. މިއަދު އެދަނީ އެކަން ސާފުވަމުން.

އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ، ޕީއެންސީއިން ހެދި ދޮގުތަކުގެ ސަބަބުން ރާއްޖެއަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއްވީކަމަށާއި، އެގޮތުން ފަތުރުވެރިކަމަށްވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކުރިކަމަށެވެ. އަދި ދައުލަތަށް ލިބެން އޮތް އާމްދަނީގެ ބޮޑު ބައި ގެއްލިގެން ދިޔަކަމަށާއި، ސަރުކާރުން ފައިސާ ނެތް ވާހަކަ ދައްކާއިރު އެކަމަށް ސަރުކާރު ޒިންމާ ކުރުވަން ޖެހޭކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

”ލާމަރުކަޒީ ގުޅުން“ ކޮންފަރެންސް އެމްޑީޕިއިން ކުރިއަށްދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަލައިގެންނެވެ. މި ކޮންފަރެންސް ބޭއްވުމަށްޓަކައި އެމްޑީޕީގެ ލީޑަޝިޕުން މިހާރު ކުރާ ދަތުރަކީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރާ ދަތުރެކެވެ.

މި ކޮންފަރެންސްގައި ލާމަރުކަޒީ އުސޫލަށް ގެންނަމުންދާ ބަދަލުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: