ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭޕް އެތެރެކޮށް، ވިއްކާ މީހުން ޖޫރިމަނާ ކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ބިލު ޑްރާފްޓްކޮށްފި

ބަންޑާރަ ނައިބު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭޕިންގ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށްފަހު، މި ތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކާ ފަރާތްތަކަށް ޖޫރިމަނާ ކަނޑައެޅުމަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ޑްރާފްޓްކުރެވިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 15 ނޮވެމްބަރުން ފެށިގެން ވޭޕިންގ އާލާތްތައް ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ނިންމާފައިވާކަން އިޢުލާންކުރައްވާފައެވެ.

މި ނިންމުން ތަންފީޛުކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައީސް ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ. ބަންޑާރަ ނައިބު އަޙްމަދު އުޝާމް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ބަދަލުތައް ގެނައުމަށް ހުށަހަޅާ ބިލު މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މި ކަންތައް ތަންފީޛުކުރުމަށްޓަކައި އިޞްލާޙު ގެނެވެނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށެވެ.

ޑްރާފްޓްކުރެވިފައިވާ ބިލުގައިވާ ގޮތުން، ވޭޕިންގޕިންގ އާލާތްތައް ވިއްކާ، ބޭނުންކުރާ، ހިލޭ ބަހާ އަދި ކުޑަކުދިންނަށް ފޯރުކޮށްދޭ ފަރާތްތައް ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ވޭޕިންގ އާލާތްތައް ބޭނުންކުރާ ފަރާތްތައް 5,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހަމަޖެހިފައިވާއިރު، ވިއްކާ އަދި ހިލޭ ބަހާ ފަރާތްތައް، ކޮންމެ އައިޓަމަކަށް 20,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުޑަކުދިންނަށް ވޭޕިންގ އާލާތްތައް ވިއްކާ ނުވަތަ ދޭ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ވަނީ ޑްރާފްޓްކުރެވިފައެވެ.

މި ޑްރާފްޓާ ގުޅޭގޮތުން މިނިސްޓްރީތަކާއެކު މަޝްވަރާތައް ކުރިއަށްދާތީ، ޖޫރިމަނާގެ އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން، އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށްވެސް އިޞްލާޙު ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ބިލުވެސް މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: