ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުލޫމާތުތައް ހާމަކުރަން ޖެހޭކަމަށް ދެކޭ ވިސްނުމަށް ބަދަލެއް ނާދޭ، ސަރުކާރުން އެކަން ކުރާނެ: އަޒާން

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން މައުލޫމާތުތައް ހާމަކުރުމާއި ދެކޮޅެއް ނޫންކަމަށާއި، ކުރިން ގެންގުޅެމުން އައި ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނަކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މައުލޫމާތުތައް ހޯދަން އުނދަގޫވެ، އާރުޓީއައި ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުންތައް ފޮނުވީ އަޒާނެވެ. ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އަޒާން އެދުނު އެކި މައުލޫމާތުތައް ފޯރުކޮށް ދިނުމަށް ދެކޮޅު ހަދައި އެކި މުވައްސަސާތަކުން ކޯޓަށް ވެސް އެ މައްސަލަ ހުށަހަޅާފައި ވެއެވެ.

ވެރިކަން ބަދަލުވުމަށް ފަހު ސްޓޭންޑު ބަދަލުވެފައިވާކަމަށް ކުރާ ތުހުމަތުތަކަށް ސުވާލު ކުރުމުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އަޒާން ވިދާޅުވީ އޭނާގެ ވިސްނުމުގައި މައުލޫމާތުތައް ހާމަކުރެވެން އޮތް އެންމެ ފުޅާ މިނުގައި ހިއްސާ ކުރެވެން ޖެހެ އެވެ. އަދި މީގެ ކުރިން ދަމަހައްޓަމުން އައި ސްޓޭންޑަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށާއި، މި ސަރުކާރުގެ ސިޔާސަތަކީ ވެސް ވީހާވެސް ހާމަކަން ބޮޑު ގޮތަކަށް މައުލޫމާތު ހާމަކުރުން ކަމަށެވެ.

ދެފުށްފެންނަ ދައުލަތެއް ބޭނުންވާކަމަށް ވަކާލާތުކޮށް، އެންމެ ބޮޑަށް މިދިޔަ ފަސް އަހަރު މަސައްކަތް ކުރި އެއް ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުތަކުގެ ތަފްސީލު ހޯދުންކަން ފާހަގަކޮށް އަޒާން ވިދާޅުވީ އެ މައުލޫމާތުތައް ހިފަހައްޓައި އާރުޓީއައިތައް ސަރުކާރުން ކޯޓަށް ވެސް ހުށަހެޅިކަމަށެވެ. އެކަމަކު މި ސަރުކާރުން ކުރި އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުން ފެށިގެން އެންމެ ފަހުން ޔޫއެންގެ ދަތުރުފުޅާއި ހަމައަށް އެ ތަފްސީލަށް އަމިއްލަ އިސް ނެގުމަށް ހާމަކުރަމުން ގެންދާކަމަށް އަޒާން ވިދާޅުވި އެވެ.

ނޫސްވެރިން ހުށަހަޅާ އާރުޓީއައިތަކަށް ޖަވާބު ނުލިބޭކަމުގެ ޝަކުވާ ކުރަމުން ގެންދާތީ އެކަން ފާހަގަކުރުމުން އަޒާން ވިދާޅުވީ ސަރުކާރުގެ ގިނަ އިދާރާތަކުގެ މައުލޫމާތު ހާމަކުރަން ތިބި އޮފިޝަލުންނަކީ ސިޔާސީ ބަޔަކަށް ނުވާތީ އަދިވެސް ތިބީ ކުރީ ސަރުކާރުގެ ތިބި ބޭފުޅުންކަމަށެވެ. އެހެންކަމުން މި ސަރުކާރުން ވެސް ގެންގުޅޭނީ ކުރީގެ ސްޓޭންޑުކަމަށް އެ ފަރާތްތަކަށް ހީވެފައި އޮތުމުގެ ފުރުސަތު ބޮޑުކަމަށް އަޒާން ވިދާޅުވި އެވެ.

ހާމަކުރުމުގެ ސަގާފަތެއް ނެތް ކުރީ ސަރުކާރަކު.. އެ ސަގާފަތް ނެތީމަ ދެން މިހާރު ވެސް ބައެއް ބޭފުޅުންނަށް ހީވަނީ ކަންނޭނގެ މި ސަރުކާރުން ވެސް ބޭނުންވަނީ އޭ މައުލޫމާތުތައް ފޮރުވަން.. އެހެން ނަމަވެސް ފާހަގަކޮށްލެވޭނެ މައުލޫމާތު ހާމަކުރަން ބައެއް ތަންތަނުން ދެކޮޅު ހަދާފައި ހުއްޓައި ސީދާ ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން ވަރަށް ގިނަ ތަންތަނުން އެކަން ރިވާސްކޮށް މައުލޫމާތު ހާމަކުރުމަށް ނިންމާފައި އެބަހުރި..

މިސާލެއްގެ ގޮތުގައި އަޒާން ފާހަގަކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދާއި، ޑޯނިއާ ދުއްވުމުގައި ދިވެހި ސިފައިން ބޭނުން ނުކުރާ ސަބަބު ހާމަކުރުމަށް ރައީސް ދެއްވި އިރުޝާދެވެ.

ބައެއް ބޭފުޅުން ވިދާޅުވާނެ ކޮބާ މިހާރު މި ކަންކަމާ ދެކޮޅީހޭ.. ނޫން.. އަޅުގަނޑު މި އިން ކޮންމެ.. ދެންމެ މެންޝަން ކުރި ކޮންމެ އިންސިޑެންޓެއްގައި ވެސް ހުންނާނެ ހިޔާލުފާޅުކޮށްފައި މައުލޫމާތު ހާމަކުރަން ޖެހޭކަމަށް..

އަޒާން ވިދާޅުވީ ކުރީގެ ސްޓޭންޑު ބަދަލުވީތޯ ބައެއް ފަރާތްތަކުން ސުވާލު ކުރާކަމަށާއި، އެހެން ނަމަވެސް އޭނާ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާއި މަޖިލިސް ތަޅުމުގައި ދައްކަވާ ވާހަކައިން ވެސް ވިސްނުމަށް އެއްވެސް ބަދަލެއް ނާންނަކަން އެނގިގެން ދާނެކަމަށެވެ. އަދި ވިދާޅުވީ މި ފަހުން ބައެއް މުވައްސަސާތަކުން މައުލޫމާތުތައް ދިނުމަށް ދެކޮޅު ހެދުމުން އެކަމަށް ވެސް ޕޯސްޓުތަކެއް ލިޔުއްވާފައިވާނެކަމަށާއި ކަމާއި ބެހޭ އިދާރާތަކާއި ވާހަކަ ދައްކައި މައުލޫމާތު ހާމަކުރެވޭނެ މަގެއް ހޯދުމަށް މަސައްކަތް ވެސް ކުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: