ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތިމަރަދޫ ފެނަކައިގެ ކުރީގެ އެސިސްޓެންޓް މެނޭޖަރުގެ މައްޗަށް ކޮރަޕްޝަނުގެ ދަޢުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ގަމު މަތިމަރަދޫ ފެނަކަ ބްރާންޗްގެ ކުރީގެ އެސިސްޓެންޓް މެނޭޖަރު ނަޞްރުﷲ ޢަބްދުﷲ (ތަރިވިދާގެ، ލ.ގަން) ގެ މައްޗަށް ކޮރަޕްޝަނުގެ ދަޢުވާކުރުމަށް އެދި އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދަޢުވާކުރަން ހުށަހަޅާފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޢާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކޮށް، އެ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި ކުންފުންޏަކީ ނަޞްރުﷲ ޢަބްދުﷲގެ ޢާއިލީ މަސްލަހަތު އޮތް ކުންފުންޏެއްކަން ތަޙުޤީޤަށް ހާމަވެފައިވެއެވެ.

މި މަސައްކަތް ހަވާލުކުރިއިރު، އެއީ ނަޞްރުﷲ ޢަބްދުﷲގެ ޢާއިލީ މަސްލަހަތު އޮތް ކުންފުންޏެއްކަން ފެނަކަ ކޯޕަރޭޝަނަށް އެނގިފައިނުވާކަމަށް ބުނެއެވެ. އެހެންކަމުން، މި މަސައްކަތް ހަވާލުކުރެވިފައިވަނީ ފެނަކަ ކޯޕަރޭޝަނުގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ގަވާއިދު 2019 އާ ޚިލާފަށްކަމަށް ތަޙުޤީޤުން ދައްކައެވެ.

މީގެއިތުރުން، މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާނުލައި، އެ މަސައްކަތުްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި ނަޞްރުﷲ ޢަބްދުﷲ އެދިފައިވާކަންވެސް ތަޙުޤީޤަށް ހާމަވެފައިވެއެވެ.

ތަޙުޤީޤުން ހޯދާފައިވާ ހެކިތަކުން ދައްކާގޮތުގައި، ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކުރުމުގައި ނަޞްރުﷲ ޢަބްދުﷲ މަޤާމުގެ ނުފޫޒު ފޯރުވައި، އޭނާގެ ޢާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވެއެވެ.

މި މައްސަލައިގައި ދަޢުވާކުރުމަށް ނިންމާފައިވާކަން އެނގުނު ނަމަވެސް، މައްސަލަ ޝަރީޢަތަށް ހުށަހެޅުމާއި ޝަރީޢަތް ފެށޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: