ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4 މީހަކު މަސްތުވާތަކެތީގެ މައްސަލާގައި 25 އަހަރަށް ޖަލަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހިމެނޭ ހަތަރު މީހަކު 25 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މީގެ އިތުރުން މި ހަތަރު މީހުންގެ މައްޗަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާވެސް ކޮށްފައިވެއެވެ.

ޙުކުމް އިއްވާފައިވަނީ ގދ. ތިނަދޫ / ރަންގަލް، ހަސަން ލޫތު (45އ)، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ހަސަން ރަޝީދު (36އ)، ތ. ތިމަރަފުށި / ވައިޓްރޯސް، އިސްމާއިލް ޝަރީފް (43އ) އަދި މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހިމް (35އ) ގެ މައްޗަށެވެ.

ޖޫރިމަނާގެ ގޮތުގައި ހަސަން ލޫތު ދެ މިލިއަން ރުފިޔާ، ހަސަން ރަޝީދު އެއް މިލިއަން ރުފިޔާ އަދި އިސްމާއީލް ޝަރީފާއި ޝާނިޔާ އިބްރާހިމް 500،000 (ފަސް ލައްކަ) ރުފިޔާ ދައްކަން ޖެހޭނެއެވެ.

މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް، އަދި ޓްރެފިކް ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކުރުމުން 54 ގްރާމް ޑައިމޯފިން އާއި 266 ގްރާމް ކެނަބިސް އަދި 1،542،675 (އެއްމިލިއަން ފަސް ލައްކަ ސާޅިސް ދެހާސް ހަ ސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ވަނީ ފެނިފައެވެ.

ކޯޓުން ނިންމާފައިވަނީ މި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބަލައި، ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށެވެ.

މި މައްސަލައިގައި ޙުކުމް އިއްވާފައިވަނީ މަސްތުވާތަކެތި އެތެރެކުރުމާއި، ބޭނުންކުރުމާއި އަދި ވިޔަފާރިކުރުމުގެ ކުށަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: