ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރަމަތީ ކެންސަރު ޖެހޭ މިންވަރު ރާއްޖޭގައި ދަނީ ގިނަވަމުން: މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އުރަމަތީގެ ކެންސަރު ޖެހޭ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އުރަމަތީގެ ކެންސަރާބެހޭ ހޭލުންތެރިކުރުމުގެ ޤައުމީ ސިމްޕޯޒިއަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، އުރަމަތީގެ ކެންސަރަކީ ބަލިން ފަސޭހަވުމަށްފަހުވެސް އޭގެ އަސަރުތައް އަންހެނުން ތަޙައްމަލްކުރަންޖެހޭ ނުރައްކާތެރި ކެންސަރެއް ކަމަށެވެ.

”އުރަމަތީގެ ކެންސަރު ހުރިތޯ ދެނެގަތުމަށް ހަދާ މެމޮގްރާމް ރާއްޖޭގެ 40 އަހަރުން މަތީގެ ހުރިހާ އަންހެން ބޭފުޅުންވެސް ހެދުމަކީ މުހިއްމު ކަމެކެވެ,“ ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ އިތުރަށް ވިދާޅުވީ، އުރަމަތީގެ ކެންސަރަށް ދިވެހި މުޖުތަމަޢު ހޭލުންތެރިކުރުމާއި، އެފަދަ ބަލިތައް ރާއްޖޭގައި މަދުކުރުމަުރުމަށް މުޖުތަމައުގެ ހުރިހާ ފަރުދުން ގުޅިގެން މަސައްކަތް ކުރުން މުހިންމުހިންމު ކަމަށެވެ. އަދި ކެންސަރު ބަލިން ފަސޭހަ ވެގެންދާނީ، ބަލި ކުރިން ދެނެގަނެވިގެން ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ކެންސަރު ބަލިއަށް އެކި ފަރުވާތައް ދެވޭކަން ސާޖިދާ ފާހަގަކުރެއްވިއެވެ. އެގޮތުން، ކީމޯތެރަޕީގެ ޚިދުމަތާއި، ތްރީޑީ މެމޮގްރާމްގެ ޙިދުމަތް ރާއްޖޭގެ އައިޖީއެމްއެޗްއިން ލިބޭކަން ވެސް ފާހަގަކުރެއްވިއެވެ.

މި ސިމްޕޯޒިއަމްގެ ބޭނުމަކީ އަންހެނުންނަށް ޖެހޭ އުރަމަތީގެ ކެންސަރާ މެދު ހޭލުންތެރިކަން އުފައްދާ، ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. މި ސިމްޕޯޒިއަމް ކުރިއަށްދަނީ އެސްޓީއޯ މެޑިކަލް ސަރވިސަސްއާއި އެސްޓްރާ ޒެނެކާއާއި އައިޖީއެމްއެޗް ގުޅިގެންނެވެ. މިއީ މި ސިމްޕޯޒިއަމް ބޭއްވޭ ފަސްވަނަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: