ހުޅުމާލޭގެ ހުރަވީ ސްކޫލުގައި 13 އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ބުނެފައިވަނީ ހުޅުމާލެ ހުރަވީ ސްކޫލުގައި އިން ކުއްޖަކަށް ސިއްހީ ހާލަތެއް މެދުވެރި ވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ އެއީ 13 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ފުލުހުން ދަނީ ކުރަމުން ކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ.

