ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލެކްޝަންސް ކޮމިޝަން ހިންގުމަށް އިމާރާތެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން ހިންގުމަށް 10 އަހަރުގެ މުއްދަތަށް އިމާރާތެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް އެ ކޮމިޝަނުން އިޢުލާނުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުގައި، ޝަރުޠު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ. އަދި ބީލަމާ ގުޅޭ ލިޔުންތަކުން އެނގޭ ގޮތުގައި، ކުއްޔަށް ހިފާ އިމާރާތް ހުންނަންވާނީ މާލޭގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ބޭނުމަށް އެ އިމާރާތުން މަދުވެގެން 13,500 އަކަފޫޓުގެ ޖާގަ ލިބެން ޖެހޭނެ ކަމަށް ބީލަމުގެ ޝަރުޠުތަކުގައި ބަޔާންކޮށްފައިވެއެވެ. އަދި އިމާރާތުގެ ގްރައުންޑް ފްލޯ ނޫން އެހެން ފަންގިފިލާއެއްގައި ނަމަ، މަދުވެގެން 6 މީހުންގެ ޖާގައިގެ ލިފްޓެއް ހުންނަންވާނެއެވެ.

މީގެ އިތުރުން، އިމާރާތުގައި ވެހިކަލް ޕާކުކުރެވޭނެ ގޮތް ފަސޭހައިން ހަމަޖެހިފައި ހުރުމާއި، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށް ހުރުން ފަދා ކަންކަމަށްވެސް ރިޢާޔަތްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 އޮކްޓޫބަރު 28 ވާ ހޯމަ ދުވަހުގެ 13:30 ގައި އިލެކްޝަންސް ކޮމިޝަނުގެ އޮފީހުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވެއެވެ.

ބީލަން ހުށަހަޅާއިރު، ސިޓީ އުރައެއްގައި ބަންދުކޮށްފައި ހުށަހަޅަންވާނެ ކަމަށާއި، ސިޓީ އުރައިގެ ބޭރުގައި ބީލަމުގެ ނަން، ޕްރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު، އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

މި އިޢުލާނާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނަށް އާ އިމާރާތެއް ލިބުމުން، ރާއްޖޭގެ އިންތިޚާބުތައް ހިންގުމާއި ބެލެހެއްޓުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: