ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރަވީ ސްކޫލުގައި ނިޔާވި ކުއްޖާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ހުރަވީ ސްކޫލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރަވީ ސްކޫލުގައި ތައުލީމު ހާސިލްކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި 13 އަހަރުގެ އަންހެން ކުއްޖާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ޢުމުރުން 13 އަހަރުގެ އަންހެން ދަރިވަރު ހުރަވީ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް މިއަދު ނިޔާވި ޚަބަރު ލިބިވަޑައިގަތީ ނުހަނު ފުން އަސަރާއި ކަންބޮޑުވުމާއިއެކު ކަމަށެވެ.

ދަރިވަރުގެ ބެލެނިވެރީންނަށާއި ޢާއިލާއަށް، އަދި ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ބުނެފައިވަނީ ހުޅުމާލެ ހުރަވީ ސްކޫލުގައި އިން ކުއްޖަކަށް ސިއްހީ ހާލަތެއް މެދުވެރި ވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ އެއީ 13 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ފުލުހުން ދަނީ ކުރަމުން ކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: