ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ބިނާކުރާނީ ސާފުތާހިރު ތަނެއްގެ ގޮތުގައިކަމަށް އެންވައިރަމެންޓު މިނިސްޓަަރު ތޯރިގު އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އެންވައިރަމެންޓް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތާރިގުވަނީ ހުޅުމާލޭގެ ކުނި މެނޭޖުކުރުމަށްޓަކައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ، ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ބިނާކުރުމަށްޓަކައި ފައިސާ ލިބިފައިވާތާ އެތައް އަހަރުތަކެއް ވެފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ، 7 އަހަރާއި ގާތް ކުރާ މުއްދަތެއް ވެފައިވާއިރު އެކަން ކުރެވިފައިނުވަނީ ބިމެއް ކަނޑައެޅިފައި ނެތުމުންކަމަށާއި ނިމިދިޔަ ސަރުކާރުގައިވެސް ސަމާލުކަން ދީފައިނުވަނީ އެ ސަބަބާއި ގުޅިގެންކަމަށެވެ.
އެހެންކަމުން މި ސަރުކާރުންވަނީ އެ މަސައްކަތްތައް ކުރުމަށްޓަކައި ހުޅުމާލޭގައި ބިމެއް ކަނޑައަޅާފައިކަމަށާއި އެތަން ބިނާކުރެވިގެންދާނީ ކުނިގޮނޑެއްގެ ގޮތުގައި ނޫންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ބިނާކުރުމަށް ކަނޑައެޅިފައިވަނީ ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއްކަމަށާއި އެފަދަ ތަންތަނަށް ރަށު ތެރެއިން ކުނި ގެންނާނީ ކޮމްޕެކްޓަރ ވެހިކަލްތަކުގައިކަމަށެވެ. އަދި އެއަށްފަހު ވަކި ތަނަކަށް ގެންގޮސް އެތަކެތި އަޅާލާނީ ބަންދުކުރެވިގެންދާނެ ކޮންޓެއިނަރުތަކަށް ކަމަަށާއި އެ ހިސާބުން ލޭންޑިންގް ކްރާފްޓަށް ގެންދާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެތަނަކީ ވަރަށް ސާފުތާހިރު ތަނަކަށް ވެގެންދާނެކަމަށާއި އެތަނަކީ ކުނި ވަސް ދުވާ ގޮނޑެއްގެ ގޮތުގައި އޮންނާނެ ތަނަކަށް ވެގެން ނުދާނެކަމަށެވެ. އަދި އެތަނަކީ ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްގީކުރެވިގެންދާ ސާފު ތަނަކަށް ވެގެންދާނެކަމަށް ހިއްސާކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާރު އެ މަސައްކަތްތަކުގެ ތެރެއިން ޑިޒައިން މަރުހަލާ ކުރިއަށްދާކަމަށާއި

