ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ކްލީން ދަ ބީޗް އިވެންޓު މާދަމާ ބާއްވަނީ!

ސުޒުކީ ކްލީން އަޕް ދަ ވޯލްޑް ކެމްޕެއިންގެ ދަށުން އެމްޓީސީސީން ކްލީން ދަ ބީޗް އިވެންޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޒުކީ ކްލީން އަޕް ދަ ވޯލްޑް ކެމްޕެއިންގެ ދަށުން އެމްޓީސީސީން ކްލީން ދަ ބީޗް އިވެންޓެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

ސަންގަށް މައުލޫމާތު ދެމުން އެމްޓީސީސީގެ ފަރާތުން ބުނެފައިވަނީ ސުޒުކީ މެރިން އަކީ އެމްޓީސީސީ އާއިއެކު ގާތްގަނޑަކަށް 10 އަހަރަށްވުރެ ގިނަ އަހަރު ޑިސްޓްރިބިއުޓަރ އެއްގެގޮތުގައި ކުރިއަށް ގޮސްފައިވާ ބައެއް ކަމަށެވެ. ސުޒުކީ ކްލީން އަޕް ދަ ވޯލްޑް ކެމްޕެއިންއަކީ ސުޒުކީ މެރިންގެ ގްލޯބަލް ކެމްޕެއިންނެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މިކެމްޕެއިންގައި ސުޒުކީގެ އެހެންގައުމުތަކުގެ ޑިސްޓްރިބިއުޓަރުންވެސް ބައިވެރިވަމުންދާ ކަމަށް ވަނީ ބުނެފައެވެ. އެމްޓީސީސީން ބައިވެރިވަނީ ސުޒުކީގެ ރާއްޖޭގެ ޑިސްޓިބިއުޓަރުގެ ގޮތުގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސުޒުކީގެ ކްލީންއަޕްދަ ވޯލްޑް ކެމްޕެއިނަކީ ރަށެއް ނުވަަތަ އެހެންވެސް ސަރަހައްދެއްގެ މޫދު ކައިރި ނުވަތަ ބީޗް އޭރިއާ ސާފުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި މިކަމުގައި އިޖުތިމާއީ ބައިވެރިވުންވެސް ހިމެނޭ ގޮތަށްވެސް ކުރިއަށް ގެންދާ ޕްރޮގަރާމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މި އިވެންޓު ކުރިއަށް ގެންދިއުމުގައި އެކި ފަރާތްތަކުންވެސް ބައިވެރިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

އެމްޓީސީސީން މި އިވެންޓު ކުރިއަށް ގެންދަނީ ސޭވް ދަ ބީޗް އެންޖީއޯ އަދި ހުޅުމާލެ މަސްވެރިންގެ ޖަމިއްޔާ ގުޅިގެން ކަމަށް ވަނީ ބުނެފައެވެ. އިވެންޓު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާދަމާގެ ހެނދުނު 8:30 އިން 10:30 އާއި ހަމައަށް ހުޅުމާކެ ފޭސް 2 ބީޗް ސަރަހައްދުގައި ކަމަށް ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ. މި އިވެންޓުގެ ތެރޭގައި މަދުވެގެން 150 އަށް ވުރެ ގިނަ މުވައްޒަފުންނާއި ދެ ޖަމިއްޔާގެ ބޭފުޅުންވެސް ހިމެނިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

އިވެންޓުގެ ތެރޭގައި ސޭވް ދަ ބީޗް އެންޖީއޯގެ ފަރާތުން އިވެންޓުގައި ބައިވެރިފާ ހުރިހާ މީޙުންނަށްވެސް ކުންޏާއި ބެހޭ ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރާނެ ކަމަށާއި އޭގެތެރޭގައި އެކި ބާވަތް ތަކުގެ ކުންޏާއި ކުނި ނެގުމުގައި ސެގްރިގޭޓް ކުޜާނެ ގޮތާއި ޑީކޮމްޕޯޒް ކުރާނެގޮތްތަކާއި މީހުން ހޭލުންތެރި ކުރުވުމަށް ވަރަށް ގިނަ ހަރަޖާތްތަކެއް ކުރިއަށް ދާނެ ކަމަށް ވަނީ ބުނެފައެވެ.

މި ފަދަ އިވެންޓުތައް މީގެ ކުރިންގެ މާލެ އަތޮޅުގަ އާއި އަދި އެހެން ރަށްރަށުގައި ވެސް ބާއްވާފައިވާ ކަމަށާއި ސޭވް ދަ ބީޗް އެންޖީއޯއިން އަބަދުވެސް އެމްޓީސީސީއަށް މި ކަމުގައި އެއްބާރުލުން ދޭކަމަށް ވަނީ ބުނެފައެވެ. ކުންފުނިން ބުނެފައިވަނީ އެމްޓީސީސީގެ މަޝްރޫއުތައް ބެހިފައި ވަނީ ރާއްޖޭގެ އުތުރާއި ދެކުނަށް ކަމަށާއި އަދި މީހަރުވެސް 87 ޕްރޮޖެކްޓަށްވުރެވެސް ގިނަ ޕްރޮޖެކްޓުތައް ކުރިއަށްދާ ކަމަށެވެ. ކުންފުނިން ބުނެފައިވަނީ އިޖުތިމާއީ ޒިންމާގެ ދަށުން ކުރެވޭ ކަންކަމުގެ ތެރޭގައި ރައްޔިތުންނާއި ގާތުން މަސައްކަތ ކުރުމަކީ އަބަދުވެސް ކުންފުނިޣެ އަމާޒެއް ކަމަށާއި އަދި ރާއްޖޭގައި އެމްޓީސީސީގެ ސައިޓުތައް ގާއިމްވެހުރި ހުރިހާ ސަރަހައްދެއްގައިވެސް އެފަދަ މަސައްކަތް ތައް ކުރިއަށް ދާނެ ކަމަށް ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: