ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތާއި ދުރުހެލިވާން ބޭނުންވާ ފަރުވާ ހިލޭކުރުމަށް ރައީސް ނިންމަވައިފި!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ހިއްސާކޮށްފައިވާގޮތުން ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި އެކުލަވާލާފައިވާ ގާނޫނުތައް ތަންފީޒުކުރުމުގެ އިތުރުން އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ފިޔަވަހިތަކަށް ބަހާލައިގެން 4 އަހަރު ދުވަހުން ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓާ ޕްލޭނެއް އެކުލަވާލައި 27 އޮކްޓޫބަރުގައި ވަޒީރުންގެ މަޖިލީހަށް ހުށައެޅުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާކަމަށެވެ.

މިއީ 16 އޮކްޓޫބަރުގައި ކުރިއަށް ގެންދިޔަ ވަޒީރުންގެ މަޖިލިސް ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހު ރައީސް ނިންމެވިކަމެއް ކަމަށް މައުލޫމާތު ދީފައިވާއިރު، އެ ބައްދަލުވުމުގައި ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން މާސްޓާ ޕްލޭންގައި ހިމެނުމަށްވެސް ނިންމާފައިވާކަމަށެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން މި ޕްލޭންގެ ތެރޭގައި ދުންފަތާއި ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފަރުވާ ކޮންމެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ހިލޭ ފޯރުކޮށްދިނުމަށްވެސް ރައީސް ނިންމަވާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: