ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭއައިގެ ބޭނުން ހިފުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާނެ ގާނޫނީ ފްރޭމްވަރކެއް ހިމެނޭ ގޮތަށް މާސްޓާ ޕްލޭނެއެ އެކުލަވާލުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އާޓިފިޝަލް އިންޓެލިޖެންސްގެ ފަންނިއްޔާތު މެދުވެރިކޮށް އިގްތިސާދީ ފައިދާ އެންމެ ފުރިހަމައަށް ރާއްޖެއަށް ލިބިގެންދާނެ ގޮތްތަކާއި އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތަކާއި އެ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގައި ދިވެހިރާއްޖެއިން އަމަލުކުރާނެ ގާނޫނީ އޮނިގަނޑެއް ހިމެނޭ ގޮތަށް ސަރަހައްދީ ގައުމުތަކުން އަމަލުކުރަމުންދާ ގޮތްތަކަށްވެސް ބަލައިގެން މާސްޓާ ޕްލޭނެއް އެކުލަވާލުމަަށް ވަޒީރުންގެ ލަފައާއިއެކު ރައީސް ނިންމަވާފައިވާކަމަށެވެ.

މި ފިޔަވަޅަކީ މިި މަހަގެ 16 ވަނަ ދުވަހުގެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތަކަށްފަހު ނިންމާފައިވާކަމެއްކަން ރައީސް އޮފީހުން ހިއްސާކޮށްފައިވާއިރު ރައީސްވަނީ އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށްފަހު، މިކަމާ ގުޅޭ ކަރުދާސްތައް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ކަނޑައަޅުއްވާފައިކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: