ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެއްޓާ ރައްޓެހި ބައިސްކަލް ރާއްޖެއަށް ތަޢާރަފް ކުރަނީ

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެޗްޑީސީ އާއި ގުޅިގެން ތިމާވެއްޓާ ރައްޓެހި ބައިސްކަލް ރާއްޖެއަށް ތަޢާރަފް ކުރަން މަސައްކަތް ކުަރަމުން ދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، އެޗްޑީސީ އާއި ގުޅިގެން ކުރިއަށް ގެންދާ އެ މަޝްރޫޢުގެ ދަށުން ބައިސްކަލް ޝެއަރިން ސްކީމެއްވެސް ހުޅުމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެގޮތުން ތިމާވެއްޓާ ރައްޓެހި 100 ބައިސްކަލު އެޗްޑީސީއާއި ޙަވާލުކުރަން ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓްގެ ދަށުން ތިމާވެއްޓާ ރައްޓެހި އުޅަނދު ތަޢާރަފުކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށް ވަޒިރު ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލޭގައި ސޯލާ ޗާޖިން ސްޓޭޝަން ތަކެއް ގާއިމްކުރަންވެސް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން އެކަމަށްޓަކައި ކުރަންޖެހޭ ދިރާސާތައް މިހާރު ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަސައްކަތްކުރުމަށް ބޭނުންވާ ފައިސާވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

މި މަޝްރޫޢުގެ ދަށުން، މާލޭގެ މައި މަގުތަކުގައި ބައިސްކަލް ދުއްވުމަށް ޚާއްޞަ މަގުތަކެއް ހެދުމާއި، ސަރުކާރުގެ މުވައްޒަފުންނަށް ބައިސްކަލް ގަތުމަށް ލުއި ލޯނު ދޫކުރުން ހިމެނެއެވެ. އަދި ސްކޫލް ކުދިންނަށް ބައިސްކަލް ދުއްވުމުގެ މުހިންމުކަން އަންގައިދިނުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންގެ ޞިއްޙަތަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. މި މަޝްރޫޢު ކާމިޔާބުވެއްޖެނަމަ، ރާއްޖޭގެ އެހެން ރަށްތަކުގައިވެސް މިފަދަ މަޝްރޫޢުތައް ހިންގުމަށް ވިސްނާފައިވާ ކަމަށް ވަނީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: