ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސް ގައި ވޯޓުލުމަށް ބާކީ 3 ދުވަސް!

ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިޔުޓީއޭ) 2024 ގައި ވޯޓުލުމަށް ބާކީ އޮތީ އެންމެ ތިން ދުވަސް ކަމަށް އެމްއެމްޕީއާރްސީން ބުނެފިއެވެެ. 

ޑަބްލިޔުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2024 ގެ ލަގަބާއެކު ޑަބްލިޔުޓީއޭގެ މަޝްހޫރު ހަ އެވޯޑަކަށް ދިވެހިރާއްޖެ ވަނީ ނޮމިނޭޓްވެފައެވެ.

ރާއްޖެ ނޮމިނޭޓް ވެފައިވާ އިތުރު 5 ކެޓަގަރީގެ ތެރޭގައި ”ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑް 2024″ގެ މަގާމަށް އެމްއެމްޕީއާރްސީ ވަނީ އަނެއްކާވެސް ނޮމިނޭޓްވެފައެވެ.

ވޯލްޑްސް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރުން ފެށޫގެން ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އެންމެ މަތީ ދަަރަޖައިގެ ކާމިޔާބީތައް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އެވޯޑެކެވެ. ޑަބްލިޔުޓީއޭ ކާމިޔާބު ކުރާ ފަރާތްތައް ހޮވުނީ މަޝްހޫރު ޓްރެވަލް ޕްރޮފެޝަނަލުންނާއި ސިނާއަތގެ ތަޖުރިބާކާރުންނާއި ފަތުރުވެރިންނެވެ.

މިއީ ފަތުރުވެރިކަމުގެ ސިނާއަތް އަދި ފަތުރުވެރިންނަށް އިސްކަންދޭ އެވޯޑެކެވެ. ރާއްޖެއިން ވަނީ ފާއިތުވި އަހަރުތަކުގައި ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ”ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން“ގެ ލަގަބު 2019 އިން 2023 އަށް ޖެހިޖެހިގެން 4 އަހަރު ކާމިޔާބުކޮށްފައެވެ. އަދި އެމްއެމްޕީއާރުސީއިން ވަނީ ޖެހިޖެހިގެން 2 އަހަރު ”ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު“ ގެ ޝަރަފު ވެސް ހޯދާފައެވެ.

އެހެން އަހަރު ތަކެކޭ އެއްގޮތައް މިއަހަރުވެސް ރާއްޖެއަށް ތާއީދުކޮށް ވޯޓު ދިނުމަށް ހުރިހާ ފަރާތްތަކަށް އެމްއެމްޕީއާރްސީން ވަނީ ދައުވަތު އަރުވާފައެވެ.

  • ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2024
  • ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަން 2024
  • ވޯލްޑް ލީޑިންގ ޑައިވް ޑެސްޓިނޭޝަން 2024
  • ވޯލްޑްސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން 2024
  • ވޯލްޑްސް ލީޑިންގ ބީޗް ޑެސްޓިނޭޝަން 2024
  • ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑް 2024

މި ހަ ކެޓެގަރީން ރާއްްޖެ އަށް ވޯޓު ދިނުމަށް މި ލިންކްތަކަށް ފިއްތާލައިގެން ކުރިއަށް ދެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: