ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިގެ މަގުން އެތެރެކުރަން އުޅުނު 2 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2 މިލިއަން ރުފިޔާއަށްވުރެ ގިނަ އަގުހުރި މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ. މި މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ (15 އޮކްޓޯބަރު 2024) ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ.

ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މަސްތުވާތަކެތި ފެނުނީ މެލޭޝިއާއިން ރާއްޖެ އައި އިންޑިއާގެ ދެ ފަސިންޖަރެއްގެ ލަގެޖުންނެވެ. މި ދެ ފަސިންޖަރުންނަކީ 41 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ އަންހެނެކެވެ.

ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މި ދެ ފަސިންޖަރުންގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުނެވެ. އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރުމުން، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަން ޔަގީންވިއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ ޕެކިންގއާއެކު 2.05 ކިލޯއެވެ. މި ތަކެތީގެ މަގުމަތީ އަގަކީ 2,050,000 (ދެ މިލިއަން ފަންސާސް ހާސް) ދިވެހި ރުފިޔާ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ދެ ފަސިންޖަރުން މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: