ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޮޅުތެރޭގެ 10 ސެންޓަރަކަށް ލައިސަންސް ދޫކުރުމުގެ ހުއްދަ ޓްރާންސްޕޯޓުން ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ލައިސަންސް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން މުހިންމު ފިޔަވަޅުތަކެއް އަޅައިފިއެވެ. މި ގޮތުން އަތޮޅުތެރޭގެ 10 ސެންޓަރަކަށް ލައިސަންސް ދޫކުރުމުގެ މަސައްކަތް ފެށުމަށް ހުއްދަ ދީފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މި ފިޔަވަޅަކީ އަތޮޅުތަކުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވެފައިވެއެވެ.. ”މި ސެންޓަރުތައް ހުޅުވުމުން، އަތޮޅުތަކުގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި ލައިސަންސް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ,“ މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ތަމްރީން ޕްރޮގްރާމްތަކެއް ބޭއްވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މި ތަމްރީނުތަކުގެ ސަބަބުން، އަތޮޅުތަކުގައި ލައިސަންސް ދޫކުރުމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، އިތުބާރުހުރި ގޮތެއްގައި ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން އުންމީދުކުރެއެވެ.

ހަމައެއާއެކު، މިހާރު ލައިސަންސް ދޫކުރަމުންދާ ސެންޓަރުތައް މޮނިޓަރކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފިއެވެ. މި މަސައްކަތުގެ މަޤްޞަދަކީ ލައިސަންސް ދޫކުރުމުގައި ގެންގުޅޭ މިންގަނޑުތައް ހިފެހެއްޓުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.

”މި ފިޔަވަޅުތަކަކީ ރާއްޖޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ލައިސަންސް ދޫކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް,“ މިނިސްޓަރ އަމީން ވިދާޅުވެފައިވެއެވެ.. މި އައު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ލައިސަންސް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން އުންމީދުކުރެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: