ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދު ކުރުމަށް ފަހު، އެ އަދަދު ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނައި ކުރީ ސަރުކާރުން ހުށަހެޅި: އުޝާމް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓުން ބޭރުން ހަރަދުކޮށް، އެ އަދަދުތައް ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނައި ކުރީ ސަރުކާރުން ހުށަހަޅާފައިވާކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރެވި، ރައީސް އޮފީހުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވެސް ބައިވެރިވެ އޮތް ނުސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މައްސަލައިގެ ބައެއް ތަފްސީލުތައް ހިއްސާކޮށްފަ އެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށް، ފިނޭންސް މިނިސްޓްރީގައި ރެކޯޑު ނުކޮށް ހުރި ދެ ބިލިއަން ރުފިޔާ ފާހަގަކުރެވި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތް ފަށާފަ އެވެ.

ބޭރު އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކަށް، ދޫކޮށްފައި ހުރި ދެ ބިލިއަނެއްހާ ރުފިޔާ މި އަހަރުގެ ތެރޭގައި ރެކޯޑު ކުރެވިފައިވާކަން ދެނެގަނެވުނީ މުހައްމަދު ޝަފީގުގެ ފިނޭންސް މިނިސްޓަރުކަމުގަ އެވެ. ވީކްލީ ފިކްސަލް ޑިވެލޮޕްމަންޓު ތަފާސްހިސާބުތައް އާންމު ކުރުން މަޑުޖެހުނީ އެ ސަބަބާ ހުރެކަމަށް ޒަމީރު ވިދާޅުވި އެވެ.

މި މައްސަލައިގައި އުޝާމް ވިދާޅުވީ ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފުވެފައިވާ މީހުންނާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ. ރެކޯޑުތަކަށް ނުދައްވައި ހުރި ދެ ބިލިއަން ރުފިޔާގެ މައްސަލައިގައި އުޝާމް ވިދާޅުވީ އެ ފައިސާ މި އަހަރުގެ ބަޖެޓުގައި ރެކޯޑުކޮށްފި ނަމަ ގާނޫނާ ހިލާފުވާނެކަމަށެވެ. ސަޕްލިމެންޓްރީ ބަޖެޓު

ހުށަހަޅަނީ ހަރަދު ކުރުމަށް ފަހު… މިއީ ގާނޫނުއަސާސީއާއި ހިލާފުކަމެއް.. ހަރަދު ކުރުމަށްފަހު ބަޖެޓު ސަޕްލިމެންޓު ކުރަން ހުށަހެޅުމަކީ އެއީ ގާނޫނުއަސާސީއާއި ހިލާފުކަމެއް..

ދައުލަތުގެ ހަރަދުތުތައް ކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން އެ އަހަރަކަށް ފާސްކުރާ ބަޖެޓާއި އެއްގޮތަށްކަމަށް ބުނެފައި އޮތް ނަމަވެސް ކުރީ ސަރުކާރުން ދިޔައީ ޖެހިގެން އަންނަ އަހަރުގެ ބަޖެޓާއި އެކު ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅައި ކުރީގެ ހަރަދުތައް ހިމަނަމުންކަމަށް އުޝާމް ވިދާޅުވި އެވެ.

ހަރަދު ކުރުމަށް ފަހު އެ އަދަދުތައް ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނައި ހުށަހަޅަމުން ދިޔަ މައްސަލަ އޭރު މަޖިލީހުގެ ރިޔާސަތުން ވެސް ފާހަގަކުރިކަމަށް އުޝާމް ވިދާޅުވި އެވެ. އަދި މަޖިލީހުގެ މެމްބަރުން ވެސް އެކަން ފާހަގަކުރަމުން ދިޔަކަމަށާއި، ކުރީ ސަރުކާރުން ބަޖެޓުގެ އެތައްކަމެއް ގާނޫނުއަސާސީއާއި ހިލާފަށް ހިންގާފައިވާކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ދައުލަތުގެ ހިސާބުތައް ރެކޯޑު ނުކޮށް އޮތް މައްސަލަ އޮޑިޓަރ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާކަމަށާއި، ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ދެން ފިޔަވަޅު އަޅަންވީ ގޮތުގެ ރިޕޯޓެއް ލިބުމުން އޭގެ މައްޗަށް ސަރުކާރުން ވަކި ގޮތެއް ނިންމާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: