ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލައެއް ދިމާވުމުން ޖަވާބުރާދީ ވާނެ ބައެއް ނޭނގޭ މިންވަރަށް ރާއްޖޭގައި މުވައްސަސާތައް ގިނަ: އުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަ އާބާދީއެއް އޮތް ގައުމެއްގައި ޖަވަބުދާރީ ކުރުވައި، ޖަވާބުދާރީވާނެ މުވައްސަސާއެއް ނޭނގޭ މިންވަރަށް އިދާރާތަށް ގިނަވެފައިވާކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ގާނޫނީ ގޮތުން ބަލާއިރުގައި ކުންފުނިތަކުގެ ހުރިހާ ކަންކަން ބެލުން ހަވާލުކޮށްފައި އޮތީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ކަމަށެވެ. އެހެން ނަމަވެސް ފަސްލައްކައިގެ އާބާދީއެއް އޮވެ، އެ ކުންފުނިތަކުގެ ހަގީގީ ބެލެނިވެރިފަރާތާއި، ޖަވާބުދާރީ ވާން ޖެހޭނީ ކޮން އިދާރާއަކަށްކަން ސާފު ނުވާކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލައިގައި، ސަރުކާރަށް ބަސް ނުބުނެވޭ ހާލަތަށް މި މައްސަލަ ގޮސްފައިވާކަމަށެވެ. އެގޮތުން ކުންފުންޏެއްގެ މައްސަލައިގައި ބަސް ބުނާނީ ފިނޭންސް މިނިސްޓްރީތޯ، ނުވަތަ ޕީސީބީ ތޯ ނުވަތަ ފަހު ބަސް ބުނާނީ ސަރުކާރުތޯ ނޭނގޭކަމަށާއި އެ ކުންފުނިތަކުން ވެސް އެވަގުތަކު ބޭނުންވާ ގޮތަކަށް އަމަލު ކުރަމުންދާކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ގާނޫނުތައް ހެދުމުގެ މަގްސަދު ހާސިލް ނުވާ ވަރަށް މައްސަލަތައް ގޮސްފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތައް ރަނގަޅަށް ނުހިންގިގެން އުޅޭ ސަބަބަކީ އެ ކުންފުނިތަކުގެ ކަންކަން ބަލާނީ ކޮންބައެއްކަން ނޭންގޭ ހިސާބަށް ކަންކަން ގޮސްފައި އޮތުމުންކަމަށް ވިދާޅުވިއެވެ.

ޕީސީބީން ބަލާނެ ކަމަށް އެއްބަޔަކު ތިބެނީ، މިނިސްޓްރީން ބަލާނެ ކަމަށް އަނެއް ބަޔަކު ތިބެނީ. ކުންފުނިތަކުގެ ކޮރަޕްޝަނާއި އެކި މައްސަލަތައް ވޭތުވެދިޔަ އަހަރު މައްޗަށް ދިޔައިރުގައި އެކަންކަން ބެލޭނެ ގޮތެއްވެސް ނެތް

އުޝާމް ވިދާޅުވީ ކަންކަން ބޮއްސުންލާފައި އޮތުމުން މި ސަރުކާރުން ވަރަށް ސީރިއަސް ކަމާއެކު މަސައްކަތްތަކެއް މިކަމުގައި ކުރަމުންދާކަމަށާއި އަދި އެފަދަ މުވައްސަސާ ތަކަކީ ކޮންމެހެން ބަހައްޓަން މުހިންމު ތަންތަންތޯއާއި އެފަދަ ކަންކަމާއި މެދު މަޝްވަރާ ކުރާނެ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތައް ރެގިއުލޭޓް ކުރުމަށްޓަކައި ވަކިން ތަންތަން އުފެއްދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ތޯ ބައްލަވާނެކަމަށް އުޝާމް ވިދާޅުވިއެވެ. މީގެކުރިން މިފަދަ މަސައްކަތްތައް ކުރަމުން ދިޔައީ ފިނޭންސް މިނިސްޓްރީގެ ދަށުންކަމަށާއި އޭރު އެކަން ވަރަށް ރަނގަޅަށް ކުރެވުނު ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންކަމުން ސަރުކާރުގެ ލެވެލްގައި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން މި މަސައްކަތް ކުރުމުގައި ވާނެ ފައިދާ އާއި ގެއްލުން ބެލުމަށްފަހު ގާނޫނަކަށް އިސްލާހެއް ގެންނަން ޖެހިއްޖެ ހާލަތުގައި އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: