ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދައިން 1.7 ބިލިއަން ރުފިޔާ، ބޭރުގެ ހޮސްޕިޓަލްތަކަށް ޙަރަދުކޮށްފައިވޭ: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އާސަންދައިން 1.7 ބިލިއަން ރުފިޔާ ބޭރުގެ ހޮސްޕިޓަލް ތަަކަށް ހޭދަކޮށްފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ވަރަށް ބޮޑެތި އަދަދުތަކުން ރާއްޖެއިން ބޭރު ހޮސްޕިޓަލްތަކަށާއި ފާމަސީތަކަށް ލާރި ދައްކަން ޖެހިފައި ހުރި ކަމަށެވެ. ބައެއް ހޮސްޕިޓަލްތަކަށް ދައްކަން ހުރި އަދަދައް ބަލާއިރު، ހޮސްޕިޓަލެއް ރާއްޖެއިން ބޭރުން ގަންނަ ވަރަށް ބޭރުގެ ބައެއް ހޮސްޕިޓަލްތަކަށް ލާރި ދައްކަން ޖެހިފައި ހުރި ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން މިއަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އާސަންދައިން 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ކަމަށް ނާޒިމް ވަނީ ފާހަގަކުރައްވައިފައެވެ. ދައުލަތަށް އަހަރަކު ލިބޭ 34 ބިލިއަން ރުފިޔާގެ ތެރެއިން ތިން ބިލިއަން ރުފިޔާ އާސަންދައަށް ޚަރަދުކުރަން ޖެހެއެވެ.

ނާޒިމް ވިދާޅުވީ، މުޅި ދައުލަތުގެ އާމްދަނީގެ 10 އިންސައްތަ މިއަދު އާސަންދައަށް ޙަރަދު ކުރަން ޖެހިފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ، އާސަންދައިގެ ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމެވެ.

2023 ވަނަ އަހަރު އާސަންދަ ސްކީމަށް ޖުމުލަ 3.2 ބިލިއަން ރުފިޔާ ބިލުކުރެވިފައިވާއިރު އޭގެ ތެރެއިން 1.1 ބިލިއަން، ހޭދަކުރެވިފައިވަނީ ބޭހާއި ކޮންސިއުމަބަލްސްގެ ގޮތުގައި އެވެ. މީގެ އިތުރުން ޕްރައިވެޓް މަރުކަޒުތަކުން އާސަންދައަށް 2022 ގައި 2 ބިލިއަން ބިލްކޮށްފައިވާއިރު، 2023 ވަނަ އަހަރު އެ އަދަދު ވަނީ 2.3 ބިލިއަނަށް އަރާފައެވެ. އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި އާސަންދައިގެ ނިޒާމަށް ކުރާ ޚަރަދު އެވްރެޖްކޮށް %65 ވަނީ އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: