ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި

ޓޫރިޒަމް މިނިސްޓްރީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންވެސްޓަރުންނަށް ފަހިވާގޮތަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު އިކޯ ޓުއަރިޒަމް މަޝްރޫއު ބައިނަލްއަގުވާމީ ބީލަމަށް ހުޅުވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ބާރަށުގައި އިންޓަރނޭޝަނަލް ބިޑަށް ހުޅުވާލައިގެން އިކޯ ޓޫރިޒަމް ތައާރަފުކުރުމުގެ ގޮތުން އެރަށުގައު ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު އެވެ.

ބީލަމަށް ޝައުގުވެރިވާ ފަރާތްތަކަށް 28 އޮކްޓޯބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 05 ޑިސެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ.

މަޝްރޫއުއާއި ގުޅޭ މައުލޫމާތު ދިނުމަށް ޓުއަރިޒަމް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި ބާރަށު އިކޯ ޓުއަރިޒަމް މަޝްރޫއު ބީލަމަށް ހުޅުވާލައިފައިވަނީ ބާރަށު ކައުންސިލާއި އަދި ޓުއަރިޒަމް މިނިސްޓްރީ އާއެކު ސޮއިކުރެއްވި ފަހުމުނާމާއެއްގެ ދަށުންނެވެ. މި މަޝްރޫއު އާއި ގުޅިގެން މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވީ މި މޝްރޫއުވެގެން ދާނީ ބޮޑު ތިލަދުންމަތީގައި ފަތުރުވެރިކަމުގެ އެނދުތައް އިތުރު ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ގޮތުގައި ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ނިންމޭނެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ޕްރޮޖެކްޓެއް. އެތަން ހުޅުވެންވާއިރަށް ހއ. އަދި ހދ. މި ހިސާބަށް ގިނަ ޓުއަރިސްޓް އެނދުތަކެއް ގެނައުން، އެއީ އަދުގެ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް. އެންމެ ބޮޑު ކަމަކީ ޓެކްސް ބޭސް ބޮޑުކުރުން. ޓުއަރިޒަމްގެ ގިނަ ހޮޓާތަކެއް އެޅިގެން ދިއުމަކީ، ވަރަށް ބޮޑަށް، ހާއްސަކޮށް ބާރަށުގެ ރައްޔިތުން ނުހަނު އެދޭ ކަމެއް

މި ރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި އަދި މި މަޝްރޫއުއަށް ބޭނުންވާ ބިންވެސް އިތުރުކުރެވިފައިވާ ކަމަށެވެ. މެމްބަރު ވިދާޅުވީ މި ޕްރޮޖެކްޓަކީ އިންވެސްޓަރުންނަށް މިނިސްޓްރީން ވަރަށް ފަހިކޮށް ޑިޒައިންކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.

ބާރަށު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫއު ގެ ފަންނީ ހުރިހާ މަސައްކަތެއް ކުރާނީ ޓޫރިޒަމް މިނިސްޓްރީންނެވެ. އެގޮތުން ޖުމްލަ 71،832 އަކަފޫޓުގެ ސަރަހައްދެއް ތަރައްގީކުރަން ހުޅުވާލާފައިވަނީ މަދުވެގެން 75 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރާގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: