ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކޮށް، ގާނޫނަށް އިސްލާހު ގެންނަނީ

ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް އިސްލާޙު ގެނައުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާއްމު ސިއްހަތަށް ބޮޑު ގެއްލުމެއް ލިބޭތީ ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖެއަށް އެތެރެކުރުން މަނާކުރަން ގޮވާލައި ސްކޫލުތަކާއި ސިއްހީ ދާއިރާއިން ގިވާލަމުން ދަނިކޮށް ވޭޕް މަނާ ކުރުމަށް ނިންމައި އިއުލާނުކޮށް ގިނަ ފިޔަވަޅުތަކެއް އިއުލާނު ކުރެއްވި އެވެ.

މި މަސައްކަތުގެ ތެރެއިން އަޅާ ފިޔަވަޅުތައް ހާމަކޮށް ރައީސް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާނުން ދުންފަތުގެ ގޯސް އާދައިން އިތުރު ކުރުމަށްޓަކާއި ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރުކަމަށް ކަނޑައެޅުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުގެ ބިލު މާދަމާގެ މަޖިލިސް ޖަލްސާއަށް ހުށަހަޅުއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނާއި ހިލާފުވާ ފަރާތްތަކާއި މެދު އަޅާ ފިޔަވަޅުތައް ވެސް ހަރުކަށިކޮށް ގާނޫނު އިސްލާހު ކުރުމަށް އެމަނިކުފާނު ވަނީ ނިންމަވާފަ އެވެ. އެގޮތުން ދުންފަތުގެ ބާވަތް ބޭޏުންކޮށްފައި ހުންނަ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑު ކުރުން ހިމެނެ އެވެ.

ނޮވެމްބަރު މަސް ފެށި، ވޭޕް ބޭނުން ކުރުން މަނާ މުއްދަތާއި ދެމެދު ރާއްޖެއަށް އެތެރެ ކުރާ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރުމަށް ވެސް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ މި އިސްލާހާއި ގުޅޭގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ނޮވެމްބަރު މަހުން ގެށިގެން، މަނާ ކުރާ މުއްދަތާއި ދެމެދު އެތެރެ ކުރާ ވޭޕް ކުރުމުގެ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: