ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިގިރޭޓުގެ ޓެކްސް ބޮޑުކުރުމުން އަންނަ ބަދަލުތަކުގެ ދިރާސާއެއް ހެދުން މުހިންމު: މައުރޫފު

ކެންދޫ ދާއިރާގެ މެމްބަރ މަޢުރޫފު ޛާކިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އަހަރަކު ސިގިރޭޓުން ނަގާ ޓެކްސް ބޮޑުކުރުމުގެ ސަބަބުން އަންނަ ބަދަލުތަކުގެ ދިރާސާއެއް ހެދުމަކީ މުހިންމު ކަމެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފު ޛާކިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިންޕޯޓްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ދައްކަވަމުން މެންބަރު މަޢުރޫފު ވިދާޅުވީ ސިއްހަތަށް ގެއްލުން ލިބޭ ތަކެތި ބޭނުންކުރުމުގެ ފުރުސަތު ހަނިކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.

”ކޮންމެ ފަހަރަކު ޓެކްސް ބޮޑުކުރުމާ ގުޅިގެން، ނުވަތަ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ކިހާވަރެއްގެ ބަދަލެއްތޯ، އިންޕެކްޓެއްތޯ އައިސްފައިވަނީ، އެއީ ވަރަށް މުހިންމު ކަމެއް ގޮތުގައި އަހަރެން ދެކެން،“ މެންބަރު މަޢުރޫފު ވިދާޅުވިއެވެ.

މީގެ އިތުރުން، ދުންފަތުން ނަގަމުން އަންނަ ޓެކްސް ބޮޑުކުރުމުގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުވެފައިވަނީ ކިތައް ދިވެހިންތޯ ބަލަން ޖެހޭ ކަމަށްވެސް މެންބަރު ފާހަގަކުރެއްވިއެވެ.

ނޮވެންބަރު މަހުން ފެށިގެން ވޭޕް ބޭނުންކުރުން މަނާކުރުމަށް ހަމަޖެހިފައިވާއިރު، އެ މުއްދަތާ ހަމައަށް ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުންވެސް މެންބަރު މަޢުރޫފު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ކުޑަ މުއްދަތުގައި މި ޤާނޫނު ވަގުތުން ފާސްކުރުމުން ދައުލަތަށް ލިބޭނެ އާމްދަނީގެ މިންވަރާމެދު މެންބަރު ވަނީ ސުވާލު އުފައްދަވާފައެވެ.

ޓެކްސް ބޮޑުކުރުމުގެ ސަބަބުން އަންނަ ބަދަލުތަކާ ބެހޭގޮތުން ތަފްސީލީ ދިރާސާއެއް ހެދުމަކީ މުހިންމު ކަމެއްކަމަށް މެންބަރު މަޢުރޫފު ވަނީ އިތުރަށް ބާރުއަޅުއްވާފައެވެ. މިފަދަ ދިރާސާއަކުން ޓެކްސް ބޮޑުކުރުމުގެ ސަބަބުން ދުންފަތުގެ ބޭނުންކުރުން މަދުވެފައިވާ މިންވަރާއި، ދައުލަތަށް ލިބޭ އާމްދަނީއަށް އަންނަ ބަދަލު ދެނެގަނެވޭނެ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: