ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއެކު ގަވާއިދުތައް ރަނގަޅަށް ތަންފީޒުކުރަންޖެހޭ: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟
ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއެކު ކަމާގުޅޭ ޤާނޫނުތަކާއި ގަވާއިދުތައް ރަނގަޅަށް ތަންފީޒު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިންޕޯޓްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރެއްވަމުން ނާޒިމް ވިދާޅުވީ، ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރާއިރު ހަރުދަނާ ގޮތެއްގައި ކުރަންޖެހޭ އިތުރު ކަންކަން ހުރި ކަމަށެވެ.

”ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، އަގުހެޔޮ ބްރޭންޑްތަކުގެ ސިނގިރޭޓު ރާއްޖެއަށް އެތެރެކުރުމުގެ ބިރު އެބައޮތް. މިފަދަ ބާވަތްތަކުގެ ސިނގިރޭޓަކީ މިހާރު ރާއްޖޭގެ ބާޒާރުގައި ހުރި ބާވަތްތަކަށްވުރެ މާ ގެއްލުން ބޮޑު އެއްޗެހި،“ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ގަވާއިދުތައް ރަނގަޅަށް ތަންފީޒު ނުކުރެވޭނަމަ،މަ، ހަމައެކަނި ސިނގިރޭޓުގެ އަގު ބޮޑުކުރުމަކުން މައްސަލައަށް ހައްލެއް ނާންނާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ކުރީގައިވެސް މިފަދަ ފިޔަވަޅުތައް އެޅުމުން ބްލެކް މާކެޓުގައި ސިނގިރޭޓު ދައުރުވުން އިތުރުވެ، އަގުހެޔޮ ބާވަތްތަކުގެ ސިނގިރޭޓު ބާޒާރަށް ނުކުތުމުގެ ފުރުސަތު ބޮޑުވެފައިވެއެވެ.

ނާޒިމް ގޮވާލެއްވީ ކަމާ ގުޅުންހުރި ގަވާއިދުތައް ރަނގަޅަށް ތަންފީޒުކޮށް، ބްލެކް މާކެޓުގައި ދުންފަތުގެ އުފެއްދުންތައް ނުގެނެވޭނެ ގޮތްތަކެއް ރޭވުމަށާއި، އެފަދަ އެއްޗެހި ސްމަގަލްކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށެވެ.

މީގެއިތުރުން، ރައްޔިތުންގެ ދުޅަހެޔޮކަން ޔަގީންކުރުމަށްޓަކައި ހަމައެކަނި ދުންފަތުގެ ބާވަތްތަކަށް އަމާޒުކޮށްގެން ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ހަކުރު ބާވަތްތަކުންނާއި ހަކުރު އެކުލެވޭ ބުއިންތަކުން ޓެކްސް ނެގުން މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ކުރަންޖެހޭ ކަމަށް ނާޒިމް ވަނީ ހުށަހަޅަހަޅުއްވާފައެވެ.

މި ބިލާ ގުޅޭގޮތުން މަޖިލީހުގައި ބަހުސް ކުރިއަށްދާއިރު، ގިނަ މެންބަރުން ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަށް ތާއީދުކުރައްވާފައެވެ. ނަމަވެސް، މި ފިޔަވަޅު އެޅުމާއެކު އިތުރު ކަންކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށް ބައެއް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބިލުގެ މަޤްޞަދަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރުމާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމެވެ. އަދި މިކަމަށްޓަކައި ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވެއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، ޓެކްސް ބޮޑުކުރުމުގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. މީގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.

މި ބިލު ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ، ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުވެ، އޭގެ ސަބަބުން ދުންފަތުގެ އުފެއްދުންތަކުގެ އަގު ބޮޑުވެގެންދާނެއެވެ. މިކަމުގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ އަދަދު މަދުވެ، އާންމު ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: