ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލައިޓް އިންޑަސްޓްރިއަލް ބޭނުމަށް ފޭސް ދެއަކުން ބިން ވިއްކަނީ!

ހުޅުމާލޭގެ މަތިން ނަގާފައިވާ މަންޒަރެއް: ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލައިޓް އިންޑަސްޓްރިއަލް ބޭނުންތަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ނިންމާފައިވާކަން އެޗްޑީސީއިން ހާމަކޮށްފިއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން ހުޅުމާލޭގެ ދެވެނަ ފިޔަވަހިން ސިނާއީ މަސައްކަތްތަކަށް ބިން ވިއްކުމަށް ކަނޑައެޅިފައިވަނީ ބީލަމު އުސޫލުންކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ފޭސް ދެއަކުން ވިއްކާ 16 ބިމެއްކަމަށެވެ. މިއީ 1515 އަކަފޫޓާއި 1538 އަކަފޫޓާ ދެމެދުގެ ޖާގައެއް ކަމަށް ހިއްސާކޮށްފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން މި ބިންތައް ވިއްކުމަށް ކަނޑައެޅިފައިވަނީ ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށްކަމަށާއި އުމުރުން 18 އަހަރުވެފައިވާ ކޮންމެ ރައްޔިތަކަށްވެސް ބީލަން ހުށައެޅިދާނެކަމަށެވެ. އަދި ހުށައަޅަނީ ކުންފުންޏަކުން ނަމަ އެއީ ރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ 100 އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏަކަށް ވާންޖެހޭކަމަށެވެ.

މި މަސައްކަތްތައް ކުރެވިގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންކަމަށްވާއިރު ފުރަތަމަ މަރުހަލާއަކީ ޝައުގުވެރިކަން ފާޅުކޮށް ހުށައެޅުމުގެ މަރުހަލާކަމަށާއި ދެވަނަ މަރުހަލާގައި ކުރިއަށް ގެންދާނީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވާނަމަ ބިޑުކުރުމުގެ މަސައްކަތްތައްކަމަށެވެ. މި ބިންތައް ވިއްކުމަށްޓަކައި ފެށޭ އަގެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ އަކަފޫޓަކަށް 5500 ރުފިޔާކަމަށާއި ކޮންމެ ފަރާތަކަށްވެސް ތިން ބިން ޖުމުލަ ކޮށް ގަތުމުގެ ފުރުސަތު ފަހިކަމަށެވެ.

ބީލަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް: https://bids.hdc.mv މެދުވެރިކޮށްކަމަށްވާއިރު މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެކަމަށާއި އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ހޮޓްލައިން ނަންބަރުކަމަށްވާ 1516 އަށް ގުޅުއްވައިގެން ލިބިވަޑައިގަންނަވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: