ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޕާޓްމެންޓު ހަވާލު ކުރުމާއި ދެކޮޅަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމުން، ރިވިއުއަށް

ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިޔަށް ދާ ޝަރީއަތަކަށް ބައްސާމް ހާޒިރުވަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ ޕެންޓް ހައުސް ފުލުހުންނާއި ހަވާލުކުރުމަށް ނެރުނު ބާތިލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ބަލައިނުގަތުމުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރާއްޖޭގެ ފުޓުބޯޅަ ދަށް ހާލަތަކަށް ދާން ޖެހުމުގެ ޒިންމާ ނަގަން ޖެހޭކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ބައްސާމަށް ހިޔާނާތާއި، ކޮރަޕްޝަނުގެ ގިނަ ތުހުމަތުތައް ކުރެވެ އެވެ. އެފްއޭއޭމް މެދުވެރިކޮށް ލިބުނު ފައިސާ އަމިއްލަ އެކި ބޭނުންތަކަށް ހޭދަކޮށް ޕެންޓް ހައުސް ގަނެ، ވިޔަފާރިތައް ހުޅުވިކަމަށް ބައްސާމްގެ މައްޗަށް ތުހުމަތު ކުރެވެ އެވެ. އަދި އެންމެ ފަހުން އޭނާއާއި ދެކޮޅަށް ފެންމަތިވީ އެފްއޭއެމްގެ ފައިސާތައް ބޭނުންކޮށްގެން ދެ ޕެންޓް ހައުސް ގަނެފައިވާ މައްސަލަ އެވެ.

މި ދެ ތަން ހަވާލު ކުރުމަށް ބައްސާމަށް ފޮނުވި ނޯޓިސްގައި ވަނީ، މުއްދަތުގައި ޕެންޓް ހައުސް ހަވާލުނުކޮށްފި ނަމަ، ފުލުހުންގެ ބާރުގެ ދަށަށް ތަން ނަގާނެކަމަށެވެ. އަދި އޭގެ ފަހުން ޕެންޓް ހައުސް ހަވާލު ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރު ބާތިލުކޮށްދިނުމަށް އޭނާގެ ފަރާތުން ހުށަހެޅުމުން ހައިކޯޓުގެ ރެޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ކޯޓުގެ ރެޖިސްޓްރާގެ ނިންމެވުންތައް ވަކި މުއްދަތެއްގެ ތެރޭގައި ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާތީ، ބައްސާމްގެ ފަރާތުން ވަނީ ރިވިއުއަށް އެދި ހުށަހަޅާފަ އެވެ.

އެޕާޓްމަންޓުތަކުގެ މައްސަލަ ފުލުހުންގެ ތަހުގީގަށް އެނގިފައި ވަނީ، އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރު ބައްސާމުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ކުރާ ތަހުގީގުގެ ތެރެއިންނެވެ. ދައުވާ ކުރުމަށް ފޮނުވާފައިވާ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެނގުނު އެޕާޓްމަންޓުތަކަށް ބައްސާމް ވަނީ ތިން މިލިއަން ރުފިޔާ ބޭނުންކޮށްފަ އެވެ.

ފުލުހުންގެ ތަހުގީގަށް ލިބުނު އިތުރު މައުލޫމާތުތަކުގެ ތެރޭގައި، އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށް ފަހު، ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިއުން ތައްޔާރުކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވުން ހިމެނެ އެވެ. ކޮވިޑުގެ ތެރޭގައި އެފްއޭއަމަށް ލިބުނު ލޯނަކީ ފީފާ މެދުވެރިކޮށް ކޮވިޑު ރިލީފް ފަންޑުގެ ގޮތުގައި ލިބުނު 1.9 މިލިއަން ޑޮލަރެވެ.

މީގެއިތުރުން އެފްއޭއެމްއަށް ލިބެން ޖެހޭ ބައެއް ފައިސާތަކެއް ލިބުނުކަމަށް ދެއްކުމަށް ބައްސާމް ކުންފުންޏަކުން ލޯނެއް ވެސް ނަގާފައި ވެއެވެ.

އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ބައްސާމަށް ދައުވާކޮށްފައިވާ އިރު ފުލުހުން އަންނަނީ އިތުރު މައްސަލަތައް ވެސް ތަހުގީގު ކުރަމުންނެވެ. ޕްރޮސިކިއުޓާ ޖެނަރަލް އަންގަވައިގެން ފުލުހުން ފެށި ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު އެފްއޭއެމްގެ އޮފީސް ވެސް ރެއިޑް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: