ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރައީސް ވެސް މުސާރައިގެ 50 އިންސައްތަ ނުނަންގަވަން ނިންމަވަފި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާތަކުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މުސާރައިގެން 50 އިންސައްތަ ނުނަންގަވަން ރައްޔިތުންގެ މަޖިލީޙުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް އެކްސްގައި ހިއްސާ ކުރެއްްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ އިގްޞާދީ ހާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސް މުއިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން 10 އިންސައްތަ ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މުސާރައިން 50 އިންސައްތަ ނުނަންގަވަން ނިންމަވައިިފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މުސާރައިގެ 50 އިންސައްތަ ނުނަންގަވާ ގޮތަށް ނިންމަވާފައިވާ ކަމަށް އިއުލާނު ކުރައްވާފައިވާއިރު ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނި ކުރުމަށްވެސް ވަނީ ނިންމާފައެވެ. ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ.

2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިޔަށް ދާއިރު، ރައީސް ވިދާޅުވި ގޮތުގައި މަޖިލީހަށް ބިލު ހުށަހަޅާނީ ހަރަދުތައް ކުޑަ ކުރުމަށް ފަހު އެވެ. މި ފިޔަވަޅުތައް އެޅުމަށް ރައީސް ނިންމަވާފައި ވަނީ ދެ އަހަރުގެ މުއްދަތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރުމާއި، ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުވެގެން ދެވޭނެ ވަކި މުސާރައެއް ކަނޑައެޅުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: