ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރަތަކަށް ގެންނަން ނިންމި ބަދަލަކީ ޚުދުމުޚްތާރު ވެރިކަމަކަށް މިސްރާބުޖެހި ކަމުގެ ރަނގަބީލެއް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މުސާރަތަކަށް ގެންނަން ނިންމި ބަދަލަކީ ޚުދުމުޚްތާރު ވެރިކަމަކަށް މިސްރާބުޖެހި ކަމުގެ ރަނގަބީލެއް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި ބައެއް ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރެއްވުމަށް ނިންމަވާފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ރައީސް ޝާހިދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ”ސަރުކާރުގެ ބޭކާރު އިސްރާފު ޚަރަދުތައް ކުޑަ ނުކޮށް، ރައްޔިތުން އަތުން ޓެކްސް ބޮޑުކޮށް، ހަމަ އެރައްޔިތު މީހާގެ މުސާރައިން ބައެއް ނެގުމަށް ނިންމިކަމީ، ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތަށް ޚުދުމުޚްތާރު ވެރިކަމަކަށް ސަރުކާރު މިސްރާބުޖެހި ކަމުގެ ރަނގަބީލެއް“ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން މުސާރައާ ގުޅޭ ފިޔަވަޅުތައް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުއްވުމަށް ވަނީ ނިންމަވާފައެވެ.

މި ބަދަލުތަކުގެ ދަށުން، ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި، ޝަރުޢީ ދާއިރާގެ އިސްވެރިންނާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ވަނީ ނިންމާފައެވެ.

މި ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ މި ފިޔަވަޅުތަކަކީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: