ޓެކްސް އެޕީލް ޓްރައިބިއުނަލްއިން 7 އަހަރުގެ މުއްދަތެއްގައި ނިންމާފައިވަނީ އެންމެ 2 މައްސަލަ ކަމަށާއި މި މަސައްކަތްތައް ކޯޓުތަކުގެ ނިޒާމު މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ގޮތަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތާރިގު ވިދާޅުވެއްޖެއެވެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މެންބަރުން އައްޔަނުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ތާރިގު ވިދާޅުވީ ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލް ފަދަ މުއައްސަސާތައް އުފައްދާފައިވާ މިންވަރު ގިނަކަމާއި، އެތަންތަނުން ނެރެވޭ ނަތީޖާތައް މަދުކަން ފާހަގަކުރައްވާ ކަމަށެވެ.
މަޖިލީހުގެ ނިމިދިޔަ ދައުރުގައި ތާރިގު ހިމެނިވަޑައިގަންނަވާ ކޮމިޓީއަކުން ޓްރައިބިއުނަލްގެ މަސައްކަތްތައް ބެލިއިރު، 5 އަހަރު ކުރިން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ނިންމާފައިވަނީ 2 މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ 7 އަހަރާ ގާތްކުރާ މުއްދަތެއްގައި ބެލިފައިވާ 2 މައްސަލަ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ތާރިގު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ފާއިތުވި 4 އަހަރާއި ޕީއެންސީގެ ވެރިކަމުގެ ފުރަތަމަ އަހަރާ ދެމެދު ބެލިއިރު، އެމްޑީޕީގެ ދައުރުގައި ޓްރައިބިއުނަލްގެ އޮފީހެއް ހެދުމަށް 2 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެ އޮފީސް ހުރީ އަމިއްލަ ތަނެއްގައި ކަމަށާއި، މަހަކު 375,000 ރުފިޔާގެ ކުއްޔެއް ދައްކަމުންދާ ކަމަށް ވިދާޅުވިއެވެ.
ތާރިގު ގޮވާލެއްވީ، މި މައްސަލަތައް ރާއްޖޭގެ ކޯޓުތަކުގެ ނިޒާމުގެ ތެރެއަށް ގެންގޮސްގެން ނަމަވެސް ނިންމޭނެ މަގެއް ފަހިކުރުމަށެވެ. އަދި މިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބަންޑާރަ ނައިބުގެ ސަމާލުކަން ގެންނެވިއެވެ. ސަބަބެަބަބެއްގެ ގޮތުގައި، ބޮޑު ޚަރަދެއް ހިނގާއިރު އެޕީލްކުރާ އަދަދު މަދުވުމާއި، މައްސަލަތައް ނިމިގެން ނުދާކަން ފާހަގަކުރެއްވިއެވެ.

