ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

49 ބިލިއަން އޮތަސް ބަޖެޓުގައި ހުރި މަސައްކަތްތަކަށް ހަގީގަތުގައި އިތުރު އަދަދެއް އަރާ: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓު ފޮތުގައި ހިމަނާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަޕްލިމެންޓަރީ ބަޖެޓުންވެސް ނުފުދޭކަމަށާއި 79 ބިލިއަން އަރާކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވެމުންދާއިރު، ފަލާހު ވަނީ ނިމިދިޔަ ސަރުކާރުން މި އަހަރަށް އެކުލަވާލި ބަޖެޓު ކުރިއަށް ގެންދިއުމަށް ހިމަނާފައިވާ މަޝްރޫޢުތަކަށް އެކަށީގެންވާ މިންވަރެއް ނޫންކަމަށް ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުން 49 ބިލިއަނަށްވުރެ އިތުރު ބަޖެޓެއް މި އަހަރަށް ފާސްކޮށްފައިވާއިރު، ޕީއެންސީއިން މި އަހަރު ސަޕްލިމެންޓަރީ ބަޖެޓެއް ހޯދުމަށް ހުށަހަޅަން ފޮނުވާފައިވަނީ ކޮން ސަބަބަކާ ގުޅިގެންކަން ރައްޔިތުން ސާފުކުރަން ބޭނުންވާ ކަމަށެވެ.

އިތުރަށް އޭނާ ފާހަގަކުރެއްވި ގޮތުގައި، އެކި ފޯރަމްތަކާއި ހަފްލާތަކުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ އެކި ބާވަތުގެ އޮޅުވާލުންތައް ގެންގުޅެމުންނެވެ. އޭނާ ވިދާޅުވީ، 49 ބިލިއަންގެ ބޮޑު ބަޖެޓެއް ހުށަހަޅާފައިވީ ނަމަވެސް، އެ ބަޖެޓުގައި ހިމަނާފައިވާ ޚަރަދުތަކާއި ކުރަން ހުރި މަސައްކަތްތައް އިތުރަށް ސާފުކުރަންޖެހޭ ކަމަށް އަލިއަޅުވާލެއްވިއެވެ.

ފަލާހު އިތުރަށް ވިދާޅުވި ގޮތުގައި، ބަޖެޓު ދިރާސާކުރުމުން އެންމެ ބޮޑަށް ފާހަގަކުރެވިގެންދަނީ ބަޖެޓުގައި ހުރި މަސައްކަތްތައް ނިންމާނަމަ 79 ބިލިއަނަށް އަރާނެ ކަމެވެ.

އޭނާ ވިދާޅުވީ ކުރަން ހުރި މަސައްކަތްތަކާއި ޚަރަދަށް ބަލާއިރު ޙަޤީޤަތުގައި 79 ބިލިއަން އަރާ ކަމަށާއި، އެހެންނަމަވެސް ބަޖެޓު ފޮތުގައި އޮތީ 49 ބިލިއަން ކަމަށެވެ. އަދި ސަބްސިޑީ ދިނުން ފަދަ ދައުލަތުގެ ޚަރަދުތައް ކުރާނަމަ 49 ބިލިއަނުންވެސް ނުފުދޭނެ ކަމަށާއި، 55 ބިލިއަނަށް އިތުރުކުރި ނަމަވެސް ބަޖެޓު ފުރިހަމައެއް ނުކުރެވޭނެ ކަމަށް ފާހަގަކުރެއްވިއެވެ.

ނިންމާލަމުން އޭނާ ވިދާޅުވީ، ބަޖެޓު ފޮތުގައި ހުރި މަސައްކަތްތަކަށް 79 ބިލިއަން އަރާ ކަމަށާއި، ބަޖެޓު ފޮތުން ފެންނަން އޮތީ އެމްޑީޕީއިން ވެރިކަމަށް އައުމަށްޓަކައި ކޮށްފައިވާ ނުރަނގަޅު މަސައްކަތްތަކުގެ ނޭދެވޭ ނަތީޖާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: