ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޞިއްޙީ ދާއިރާއިން އުފެދޭ ކުނި ނައްތާލުމުގައި އިންސިނަރޭޝަނަށް ބަރޯސާވާ މިންވަރު މަދުކުރުމަކީ މުހިންމުކަމެއް: ތޯރިގް

ޝެއާރކޮށްލާ ކަހަލަދޯ؟
ތިމާވެށި ރައްކާތެރިކުރުމާއި ޞިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމަށް އަޅުއްވާ މުހިންމު ފިޔަވަޅުތަކެއްގެ ވާހަކަ އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިގް އިބްރާހީމް ހާމަކުރައްވައިފިއެިފިއެވެ.

މިނިސްޓަރ ތޯރިގް ވިދާޅުވި ގޮތުގައި، ޞިއްޙީ ދާއިރާއިން އުފެދޭ ކުނި ނައްތާލުމުގައި އިންސިނަރޭޝަނަށް ބަރޯސާވާ މިންވަރު މަދުކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޞިއްޙަތާބެހޭ ވުޒާރާއާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުންތަކުގެ ދަށުން، ތިމާވެށި ރައްކާތެރިކުރުމަށާއި ތިމާވެށީގެ ޙާލަތު ދެނެގަތުމަށް މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަސައްކަތްތަކަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީތެރިކަމކަމާއެކު، އެ ވުޒާރާއިން ހިންގާ ’އެލިމިނޭޓިންގ ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް‘ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެއް ކަމުގައި އިތުރަށް ހާމަކުރެއްވިއެވެ.

މިނިސްޓަރ ތޯރިގް އިތުރަށް ވިދާޅުވި ގޮތުގައި، ހއ. ބާރަށު ޞިއްޙީ މަރުކަޒުގައި ޤާއިމުކޮށްފައިވާ ޞިއްޙީ ކުނި މެނޭޖްކުރުމުގެ ވަސީލަތްތަކާއި އައި.ސީ.ޕީ އެމް.އެސް މެޝިން، ޞިއްޙަތާބެހޭ ވުޒާރާއާ ހަވާލުކުރުމަށް ވަނީ އެއްބަސްވެވިފައެވެ. މީގެ އިތުރުން، ޞިއްޙަތާބެހޭ ވުޒާރާއިން މި ފެސިލިޓީއަށް ބޭނުންވާ އޯޓޯކްލޭވް ފޯރުކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޯޓޯކްލޭވިންގ އަކީ ޞިއްޙީ ދާއިރާއިން އުފެދޭ ކުނި އަދި ޖަރާސީމު ނައްތާލުމަށާއި އެފަދަ ކުނި ރައްކާތެރިކަމާއެކު މެނޭޖްކުރުމަށް ބޭނުންކުރެވޭ، ތިމާވެށްޓާ ރައްޓެހި އަދި ޒަމާނީ ޓެކްނޮލޮޖީއެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އިންސިނަރޭޝަންގެ ބަދަލުގައި މިފަދަ ޓެކްނޮލޮޖީތަކަށް ބަދަލުވުމަކީ ތިމާވެށްޓަށާއި އިންސާނުންގެ ޞިއްޙަތަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދެވަނަ އެމް.އޯ.ޔޫގެ ދަށުން ނެޝަނަލް ހެލްތު ލެބޯރެޓަރީއަށް ހެވީ މެޓަލްސް ދެނެގަތުމަށް ބޭނުންކުރެވޭ އެންމެ ޒަމާނީ މެޝިނެއް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރ ތޯރިގް ހާމަކުރެއްވިއެވެ. މި މެޝިނަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު ވަސީލަތެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތިމާވެށި ތަޣައްޔަރުވުމުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށާއި ދިރޭތަކެއްޗަށް ކުރިމަތިވާ ނުރައްކާތަކާ ބެހޭގޮތުން މިނިސްޓަރ ތޯރިގް އިތުރު މަޢުލޫމާތު ދެއްވިއެވެ. އެގޮތުން، ސިނާޢީ ކުނިތަކާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލްތަކުގެ ސަބަބުން ފެންފަށަލަ ތަޣައްޔަރުވުމާއި، ވައިގެ ތެރެއަށް ދޫކުރެވޭ ވިހަ ގޭސްތަކުގެ ސަބަބުން ވައި ނުސާފުވެ ނޭވާލާ ނިޒާމަށް ނޭދެވޭ އަސަރުކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަމުގެ ސަބަބުން މާޙައުލީ ނިޒާމުތައް ހަލާކުވެ، ދދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ތިމާވެށި ރައްކާތެރިކުރުމާއި ޞިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމަށް އެޅޭ މި ފިޔަވަޅުތަކަކީ ދިގު މުއްދަތުގައި ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށާއި ރައްޔިތުންގެ ދުޅަހެޔޮ ޞިއްޙަތަށް މަގުފަހިކޮށްދޭނެ މުހިންމު އަދި އިސްތިރާޖީ ފިޔަވަޅުަޅުތަކެއް ކަމުގައި މިނިސްޓަރ ތޯރިގް ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: