ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނު ވެސް މުސާރައިގެ އެއްބައި ނެގި، ވެރިކަން ނިމުނީ ހިޔާނާތުގެ ފައިސާއި އެކު: ޑރ. ޑީޑީ

އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހީމް ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގެ ދޮޅު އަހަރު މުސާރައިގެ ދެބައިކުޅަ އެއްބައި ނެންގެވުމަށް ފަހު، ދައުރު ނިންމާލެއްވީ އެކައުންޓަށް ޖަމާކޮށްފައިވާ އެތައް މިލިއަންގެ ފައިސާއާއި އެކުކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ދައުރުގެ ވަކި މުއްދަތަކާއި ހަމައަށް، މުސާރައިގެ އެއްބައި ނެންގެވުމަށް ފަހު ފުލް މުސާރަ ރައީސް ޔާމީން ނަންގަވަން ފެއްޓެވީ ދަރީންގެ ކުއްޔަށް ފައިސާ ދައްކަން ޖެހޭތީކަމަށް ވިދާޅުވެ އެވެ.

ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި، އެމަނިކުފާނު ވެސް މުސާރައިގެ ފަންސާސް އިންސައްތަ ނެންގެވުން ހިމެނެ އެވެ. އެ ނިންމުމާއި، ރައީސް ޔާމީނާއި ގުޅުވައި އެމްޑީޕީ

ހަރުގެ ޖަލްސާގައި ޑީޑީ ވިދާޅުވީ ފަސް އަހަރުގެ ވެރިކަމެއް ނިމިގެން ދިޔައީ ބޮޑެތި ހިޔާނާތްތަކާއި އެކު ކަމަށެވެ. ރައީސް ޔާމީންގެ އެކައުންޓަށް ގޮތް ނޭނގޭ އެތައް ފައިސާއެއް ވަދެފައި ވަނީ މިލިއަނުންކަމަށް އޭނާ ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ މި ސަރުކާރުން، 2024 ވަނަ އަހަރަށް ލަފާކޮށް ފާސްކުރި ދައުލަތުގެ ބަޖެޓަށް ހިޔާނާތްތެރިވެފައިވާކަމަށެވެ. އަދި ބަޖެޓުގެ ބޮޑު އިންސައްތައެއްގެ ފައިސާ ހޭދަކުރި ގޮތް ސާފު ނުވާކަމަށް ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ، ދިވެހި ރައްޔިތުން ތިބީ ހޭލާ ކަމަށާއި 50 ބިލިއަން ރުފިޔާ ދިރުވާލާފައިވާއިރު ހއ އިން ފެށިގެން ތުރާކުނާއި ޖެހެންދެން އެއްވެސް ޕްރޮޖެކްޓެއް ނުހިނގާކަމީ ރައްޔިތުންނަށް ފެންނަން އޮތް ހަގީގަތް ކަމަށެވެ.

ޕްރޮޖެކްޓުތައް ހުއްޓިފައިވާކަމަށް ތުހުމަތު ކުރަައްވައި ޑީޑީ ވިދާޅުވީ، މި ސަރުކާރުގެ ނާގާބިލުކަމުން ރާއްޖޭގެ ރަށްތަކަށް އެެއްވެސް ތަރައްގީއެއް ގެނެވިފައި ނުވާކަމަށެވެ. ބޭރުގެ އެކި ގައުމުތަކުން ރާއްޖެއަށް އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ދިންކަމަށް ދެއްކެވި ވާހަކައިގެ ހަގީގަތެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ފައިސާގެ ދަތިކަމެއް ނެތްކަމަށާއި، ގިނަ ކަންކަން ހުރީ ހަމަޖެހިފައިކަމަށް ވިދާޅުވެ ބޮޑުތަނުން ރައްޔިތުންނަށް އޮޅުވާލީކަމަށެވެ.

ދީދީ ވިދާޅުވީ ބަޖެޓުގެ ބޮޑު އަދަދެއް ބޭނުންކޮށް ސަޕްލިމެންޓްރީ ބަޖެޓުގައި ޖެހުމަށް ފަހު ހުށަހަޅައި، އެކަން ފޮރުވަން މުސާރަތަކުގެ ވާހަކަ ދެއްކެވީ ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ކިތަންމެ މަސައްކަތްކުރި ނަމަވެސް ހަގީގަތް ފޮރުވާނުލެވޭނެ ކަމަށެވެ.

ދީދީ ވިދާޅުވީ، މުލިޔާގޭގައި ރައީސްގެ ފަރިއްކުޅުއްވުމަށް އެކަނިވެސް މަހެއްގެ މައްޗަށް ދެ މިލިއަނަށްވުރެެ އިތުރު އަދަދެއް ހަރަދުކުރަމުންދާކަމަށާއި އެހެންކަމުން ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި މުސާރައިން ފަންސާސް އިންސައްތަ އުނިކުރައްވާ ވާހަކަތައް ދެއްކެވުމުން އެކަން ޖޯކެއްގެ ގޮތުގައި ސިފަވެގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: